ރައީސް މިގޮތަށް ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ޅ. އޮޅުވެލިފުށީގައި ވާހަކަފުޅު ދައްކަވަކުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުން އެމްޑީޕީން މީގެ ދުވަސްކޮޅެއް ކުރިން ރޯދަ މަހުގެ 10 ދުވަސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެގޮތް ހަދަން ވައުދެއްގެ ގޮތުގައި އިއުލާނުކުރިއެވެ. އަދި ހަމަ އެ ވައުދުވެސް ކޮޕޯކޮށް ރޯދަ މަހުގެ ފަހު 10 ބަންދުކުރަން ޕީއެންސީން ވެސް ވަނީ ވައުދުވެފައެވެ.
ރައީސްގެ ވާހަކަ ފުޅުގައި އޮޅުވެލިފުށްޓަކީ އެމަނިކުފާނު ގިނަ ދުވަސްތަކެއްގައި މަޖިލީސް ތަމްސީލް ކުރެއްވި ފަރާތެއް ކަމުގައި ފާހަގަކުރެއްވިއެވެ. އޭރުވެސް އެމަނިކުފާނާއި އެކީ ތިއްބެވި ބައެއް ބޭފުޅުން މިއަދުވެސް ފެންނަން ތިބިކަމަށާއި އަބަދުވެސް އޮޅުވެލިފުށީ ރައްޔިތުންނަކީ ގާތް ބައެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;