ads
ޓީއެފްޖީ އަދި ނެޓްބޯލް އެސޯސިއޭޝަންގެ ޕާޓްނާޝިޕް
ނެޓްބޯލްގެ ޕާޓްނަރަކަށް ޓީއެފްޖީ
މޯލްޑިވްސް ނޭޝަނަލް ނެޓްބޯޅަ ޓީމުގެ އެތުލެޓިކްސް ހުނަރު އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާއި މޯލްޑިވްސް ނޭޝަނަލް ނެޓްބޯޅަ ޓީމާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ކުޅުންތެރިން ވަރުގަދަކޮށް ޕާފޯމަންސް ވަރުގަދަކޮއް މޯލްޑިވްސް ނެޓްބޯޅަ ޓީމުގެ ފެންވަރު މަތިކުރުމާ ދިމާލަށް ދެ ފަރާތުން ކުރާ މުހިންމު ދަތުރެކެވެ. ޓީއެފްޖީ އިން މޯލްޑިވްސް ނޭޝަނަލް ނެޓްބޯޅަ ޓީމާ އެކު ޕާޓްނަޝިޕް ހަދާފައިވާ ވަނީ ޓީމުގެ ޑެޑިކޭޓެޑް ސްޓްރެންތް އެންޑް ކޮންޑިޝަނިން ޕާޓްނަރެއްގެ ގޮތުގަ އެވެ. މި އެއްބާރުލުމަކީ ތަމްރީނާއި ފަރުދީ ތަޖުރިބާތަކުގެ ތެރެއިން ފަރުދުން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބާރުވެރިކުރުވުމަށް ޓީއެފްޖީން ކުރާ މަސައްކަތަށް އަލިއަޅުވާލާ ކަމެކެވެ.

މި ތަމްރީނު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 2، 2023 ގައެވެ. ޓީއެފްޖީގެ ތަޖުރިބާކާރު ޓްރެއިނަރުންގެ ޓީމުން ގައުމީ ނެޓްބޯޅަ ޓީމާ ގާތުން މަސައްކަތްކޮށް ކުޅިވަރުގެ ޚާއްސަ ޑިމާންޑްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓްރެއިނިން ޕްރޮގްރާމްތައް ފަރުމާކޮށް ތަންފީޒު ކުރާނެ އެވެ. އަމާޒަކީ ކުޅުންތެރިންގެ ޖިސްމާނީ ގާބިލްކަން އެންމެ ބޮޑުކޮށް، ކެތްތެރިކަން އިތުރުކޮށް، ކޯޓުގައި ޖުމްލަ ކުޅުން ރަނގަޅުކޮށް އަނިޔާގެ ނުރައްކާ ކުޑަކުރުމެވެ.

މޯލްޑިވްސް ނޭޝަނަލް ނެޓްބޯލް ޓީމަށް ސަޕޯޓް ދިނުމުގައި މި މުހިންމު ކުރިއެރުން ހޯދުމަށް ޓީއެފްޖީން މިތިބީ ތައްޔާރަށް،"ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ފާޅުކުރެއްވި އެވެ. "މި ޕާޓްނަޝިޕްގެ ސަބަބުން ޓީމު އާ އުސްމިންތަކަކަށް ގެންގޮސް، މޯލްޑިވްސްގައި ނެޓްބޯޅައިގެ މޮޅުކަމުގެ އާ ޒަމާނެއް އުފެދިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް."

ގައުމީ ނެޓްބޯޅަ ޓީމުގެ ނައިބު ރައީސް އާމިނަތު ލީލާ ވަނީ މި ޕާޓްނަޝިޕަށް ޝައުގުވެރިކަން ހިއްސާކުރައްވައި، ޓީއެފްޖީއާއެކު މި އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ތަމްރީނު ވަސީލަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ވައުދާ އެއްގޮތް ކަމެއް ކަމަށް ވިދާޅުވެފައެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ޕާޓްނަޝިޕަކީ ޓީމުގެ ކުޅުމަށް ހެޔޮ އަސަރުތަކެއް ކޮށް، ރާއްޖޭގެ ނެޓްބޯޅަ ކުރިއެރުމަށް އެހީތެރިވެދޭނެ ޕާޓްނަޝިޕެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް