ads
ރައީސް ސޯލިހް ނައިފަރުގައި - ފޮޓޯ: އެފްބީ
ސަރުކާރުތަކުން ރަށްތަކުގައި ގެންގުޅުނު ތަފާތުކުރުން ނައިފަރުން ފާހަގަވާނެ: ރައީސް
ރާއްޖޭގެ ރަށް ރަށުގައި ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގެންގުޅެފައިވާ ތަފާތު ޅ. ނައިފަރުން ފެންނަ ކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ނައިފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް މިގޮތުން ވިދާޅުވީ، މިއީ މިއަތޮޅު ވެރިކަން ކުރާ ރަށް ކަމުގައިވީ ނަމަވެސް، އެހެން އަތޮޅުތަކުގެ ވެރިކަންކުރާ ރަށްތަކާއި ނައިފަރާ ބޮޑު ތަފާތެއްވާ ކަމަށެވެ.

"އަޅުގަނޑަށް ދެވިއްޖެ ފުނަދޫ، ކުޑަހުވަދޫ، ކުޅިދުއްފުށި، ވޭމަންޑޫ ފަދަ އަތޮޅުވެރިކަން ކުރާ ރަށްތަކަށް. މިރަށް ރަށުން ސަރުކާރުގެ އޮފީސް އިމާރާތްތަކާ ބޮޑެތި ގަނޑުވަރުތައްފަދަ އިމާރާތްތައް އެބަހުރި ސަރުކާރުތަކުން އަޅައިދީފަ. އެހެން ނަމަވެސް މި ރަށުގައި ނެތް. ހުރީ ބާވެފައިވާ އަތޮޅު ގެއެއް" ރައީސް ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮންނަ ނައިފަރަށް ރައީސް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުމެފައިވެއެވެ. މި ކެމްޕޭން ޖަލްސާގައި ނައިފަރަށް އެމްޑީޕީން ރައީސް ސޯލިހް ކޮށްދިނުމަށް ވެފައިވާ ކަންތައްތަކުގެ ބޮޑު ލިސްޓެއް އިއުލާން ކުރެއްވިއެވެ.

ނައިފަރުގެ ވައުދުތައް:

1. ހޮސްޕިޓަލަށް އިތުރު އިމާރާތް އިތުރުކުރުން

2. ސައިކޭޓްރިސްޓެއްގެ ހިދުމަތް ފެށުން

3. މަދަރަސަރުލް އިފްތިތާހަށް މަލްޓިޕާޕޯސް ހޯލަކާއި ސައިންސް ލެބެއް ހެދުން

4. ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އުތުރު ބަނދަރު ކުދި އުޅަނދު ފަހަރަށް ކައިރިކުރެވޭނެގޮތަށް ތަރައްގީކުރުން

5. 20 ހެކްޓަރުގެ ބިން ހިއްކުން

6. 200 ފްލެޓް އަޅައިދިނުން

7. މަގުތައް ތާރުއަޅައި ތަރައްގީކުރުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް