ads
އާ އިންޓަނޭޝަނަލް އެއާލައިން އުފެއްދުމުގެ އެއްބަސްވުމުގައި އައިއޭއެސްއެލުންނާއި އެމްއެފްއެމްސީން ސޮއިކުރަނީ - ފޮޓޯ:އައިއޭއެސްއެލް
އައިއޭއެސްއެލް އާއި އެމްއެފްއެމްސީ ގުޅިގެން އިންޓަނޭޝަނަލް އެއާލައިނެއް އުފައްދަނީ
ރާއްޖޭގައި އާ އިންޓަނޭޝަނަލް އެއާލައިނެއް އުފެއްދުމުގެ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އައިއޭއެސްއެލުން ބުނީ މި އެއްބަސްވުމާ އެކު އުފައްދާ އެއާލައިންގައި ބޭނުންކުރާނީ ދިގު-ދަތުރުތަކަށް ހާއްސަ ވައިޑް-ބޮޑީ ފްލައިޓް ކަމަށެވެ.

މި އެއްބަސްވުމާ އެކު ރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އައިއޭއެސްއެލުން ބުނެއެވެ.

އެމްއެފްއެމްސީން ބުނެފައިވަނީ އެ ކޯޕަރޭޝަނާއި އައިއޭއެސްއެލް ގުޅިގެން އުފައްދާ އެއާލައިން ވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އަދި ރާއްޖޭގެ ރީތިކަމާއި މެހުމާންދާރީ ދައްކުވައިދޭނެ އެއާލައިނަކަށް ކަމަށެވެ.

ފަތުރުވެރިންނަށް ހާއްސަކޮށް އެ އެއާލައިނުން ޗައިނާ އާއި ޔޫރަޕް އަދި ރަޝިއާގެ އިތުރުން އިތުރު މަންޒިލްތަކަށް ދަތުރުކުރާނެ ކަމަށް އެމްއެފްއެމްސީން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް