ads
ރައީސް ސޯލިހު ރޭ ޖަލްސާގައި ވާހަކަ ދައްކަވަނީ
ކޯލިޝަނަށް ބައި އަޅާނެ ވަރު އަދި ނުނިންމާ: ރައީސް
ކޯލިޝަނަށް ބައި އަޅާނެ ވަރު އަދި ނުނިންމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަށާއިރު ޕްރޮގްރާމްގައި، ކޯލިޝަނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޯލިޝަނަށް ބައި އަޅާނެ ވަރު އަދި ނުނިންމާ ކަމަށެވެ.

"މިހާރު އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުން" ރައީސް

ރައީސް ވިދާޅުވީ މިހާ ހިސާބަށް ދެވިފައިވާއިރު، އެއްބަސް ވެފައިވާނީ ކޯލިޝަނެއްގައި ކުރިއަށް އޮތް ފަސްއަހަރު ތިބުން ކަމަށާއި، ސަރުކާރުގެ ވަކި ޕަސެންޓެއް ވަކިބަޔަކަށް ވަކިވަރަަކަށް ދެއްވުން އެއީ ވެފައިވާ އެބަހެއްނޫން ކަމަށެވެ. 

އެހެންނަމަވެސް ކެބިނެޓް ޝެއާ ކުރެވޭނެ ކަމަށާއި، ސަރުކާރުގެ ބައެއް މަގާމްތައް ޝެއާކުރުން އޮންނާނީ އެއްބަސްވެފައި ކަމަށެވެސް ރައީސް ވިދާޅުވިއެވެ. 

"އަދަދަކަށް އަޅުގަނޑުމެން އެއްބަހެއްނުވަން. އަޅުގަނޑުމެން ނިންމީ އެންމެ ފުރަތަމަ އެންމެ މުހިންމު ކަމަކީ އިންތިހާބު ކާމިޔާބު ކުރުން. މާބޮޑު ހިޔާލު ތަފާތުވުން ތަކަކާއި ނުލާ ކުރިއަށް ދިއުން އެއީ އެންމެ ފަސޭހަ ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވުނީ" -ރައީސް-

ރައީސް ވިދާޅުވީ އިންތިހާބަށްފަހު ގޮތް ނިންމޭނެ ކަމަށެވެ. މިހާރު އެމްޑީޕީ އާއި އެކު ކޯލިޝަނުގެ ބައިވެރިންގެ ގޮތުގައި ތިއްބެވީ އަދާލަތު ޕާޓީއާއި، އެމްޑީއޭއެވެ. 

މިހާރު ހިގަމުންދާ ސަރުކާރުގައި އެމްޑީޕީގެ ހިއްސާ އަކީ 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ 25 ޕަސެންޓް، މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ 15 ޕަސެންޓް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް