ރައީސް ސޯލިހް މިގޮތަށް ވިދާޅުވީ، ރިޔާސީ ކެމްޕޭނުގައި ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި، ނޮަޅިވަރަންފަރަށް ވަޑައިގެން މިއަދު ދެއްކެވި ވާހަކަ ފުޅެއްގައެވެ.
އަދިވެސް އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުގެ މަސައްކަތްތައް ނުކުރެވި ލަސްވި ސަބަބަކީ އެއީ ކަމަށެވެ. ފަށާ ކޮންމެ ޕްރޮޖެކްޓަކުން ވެރިންނަށް ބައިއަޅަންޖެހޭތީ ކަމަށެވެ. އަގުބޮޑުވެގެން ދިޔައީވެސް އެ މައްސަލައާ ހެދިކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ނާމާންކަމާ މިހާރު ކުރިމަތިލާން ބޭނުން ނުވާ މަންޒަރު ރަށްރަށުން ފެންނަމުންދާ ކަމަށެވެ.
"ކޮންމެ ރަށަކުން ވެސް ފެންނަނީ އަނިޔާވެރިކަމާ ދެކޮޅަށް ތިބިތަން. ފެންނަނީ ހެޔޮ ބަދަލު. ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތަން. ފެންނަނީ އެއް ބުރުން އިންތިހާބު ކާމިޔާބުވާ ތަން. ކޮންމެ ރަށަކުން ވެސް ފެންނަނީ ސިޔާސީ ހަމަޖެހުމުގެ ފައިދާ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނޮޅިވަރަންފަރުގެ ރައީސްގެ ސަޕޯޓަރުންނާއެކު ބޭއްވި ޖަލްސާގައި އެ ރަށަށް ކުރިޔަށް ދައުރަށް ހުށަހަޅާ ތަރައްގީގެ މަޝްރޫތައް ހާމަކުރެއްވިއެވެ.
ނޮޅިވަރަންފަރަށް ރައީސްގެ ވައުދުތައް؛
1. ސްކޫލަށް މަލްޓިޕާޕޯސް ހޯލެއް ތަރައްގީކުރުން.
2. ބޮޑެތި މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުން
3. ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކޮށް ތަރައްގީ ކުރާނަން
4. ޒުވާނުންގެ މަރުކަޒެއް އެޅުން
5. ޓާފު ބޮޑު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުން
6. ބަނދަރު ނެރުމައްޗަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ގިރާ ސަރަހައްދު ހިމާޔަތް ކޮށްދޭނަން.