ads
ޑރ.މުއިއްޒު ތ. އަތޮޅުގައި ފޮޓޯ/ ޕީޕީއެމް
ވޭމަންޑޫ އާއި ކިނބިދޫ ގުޅާލަދޭނަން: މުއިއްޒު
ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލަދޭނަކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދު ވެއްޖެއެވެ.

ރިޔާސީ އިންތިހާބު ކެމްޕެއިނަށް ތ. ވޭމަންޑޫ އަށް ވަޑައިގެން ޑރ. މުއިއްޒު ވިދާޅުވީ 2018އިގެ އިންތިހާބުގައި ވޭމަންޑޫ އާއި ކިނބިދޫ ގުޅާލަދިނުމަކީ ރައިސް ޔާމީންގެ ވައުދެއް ކަމަށާއި، އެމަނިކުފާނުގެ ދައުރެއްގައި އެ ކަން ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުންވެސް މުއިއްޒުވަނީ އެރަށަށް ގިނަ ވައުދުތަކެއް ވެލައްވާފައެވެ. އެގޮތުން ދެ ރަށުގެ ބިންހިއްކާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހިއްކާލެވޭ ބިމުން ޒުވާނުންނާއި އެހެންފަރާތްތަކަށް ބޭނުން ކުރެވޭ ތަނަކަށް އެތަން ހަނދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

އެގޮތުން ބިމުން ހިއްކާލެވޭ އެ ސަހަހައްދު ބޭނުންކުރެވޭނީ އިގްތިސޯދީ ބޭނުމަށް ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވިއެވެ.

"ގެގޮރިވެރިކަމަށް ބޭނުންކުރާ ގޯއްޗާއި، ހައުސިން މަޝްރޫއު ތަކަށް ވެސް ޖާގަލިބޭނެ. އެތަން ބޭނުން ކުރެވޭނެ، ގޮތް ހަނދާނަން" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ ސަރަހައްދުގައި ބިން ހިއްކުމަކީ ކުރިއަށް އޮތް މުސްތަގުގުބަލަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ބިން އިތުރު ކުރުމަށް ހަދާފައިވާ މާސްޓާ ޕްލޭންގެ ތެރެއިން ވެސް އެ ސަހައްދު ހިމަނާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެ ދެރަށުގެ ދޭތެރޭގައި ބިން ހިއްކުމަކީ ދުރު ރާސްތާ ޕްލޭނަށް އޮތް ވަރަށް މުހިންމު ކަމެއް. ކުރެވޭ ހަރަދަށްވުރެ އޭގެއިން ލިބޭ މަންފާ ވަރަށް ބޮޑުވާނެ" މުއިއްޒު ވިދާޅުވި އެވެ.

އަދި ޒުވާނުންނަށްވެސް ފަހި ފުރުސަތުތަކެއް ވޭމަންޑޫގައި އެމަނިކުފާނުގެ ވެރިކަމެއްގައި ކުރިއަށްދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް