ads
އުމަރު ނަސީރު
އުމަރުގެ ވެރިކަމެއްގާ ކޮންމެ އާއިލާ އަކަށް ޗުއްޓީ ހޭދަ ކުރުމަށް ދެވަނަ ގެއެއް ލިބޭނެ!
ވެރިކަމެއްގާ ކޮންމެ އާއިލާ އަކަށް ޗުއްޓީ ހޭދަ ކުރުމަށް ދެވަނަ ގެއެއް ލިބޭނޭ ގޮތް، ހައްދަވާދެއްވާނެ ކަމަށް އަމިއްލަ ގޮތުންވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެމަނިކުފާމުގެ ވެރިކަމެއްގާއި ސެކަންޑް ހޭންޑް ޕްރޮޖެކްޓްް ހިންގާނެ ކަމަށާއި، އޭގެ ދަށުން ދެވަނަ ގެޔެއް ހޯދައިދީ ކުއްޔަށް ތިބޭތިބުމަށް ލުޔެއް ހޯދައިދެވޭނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ އަމާޒަކީ އައިލެންޑް ލައިފް ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"ދިވެހި ކޮންމެ އާއިލާއެއްގެ އަތުގައި ހުންނަންވާނެ ދެވަނަ ގެޔެއް، އަތޮޅުތެރޭން ރަށެއްގައި. އެއީ އީދަށް ދާންށާއި، ޗުއްޓީ ހޭދަކުރުމަށާއި، ބޭނުން ކަމުގައިވާނަމަ ގެސްޓް ހައުސް ހަދަންށާއި، މި ކަަންކަމަށް ހުންނަން ވާނެ ދެވަނަ ގެޔެއް."އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ސެކަންޑް ހޯމް ޕްރޮޖެކްޓްގައި އެންމެ އިސްކަމެއް ދެވޭނީ ކުދި އާބާދީ ތަކުގައި އުޅުއްވާ ފަރާތްތަކަަށް ކަމަށެވެ. އަދި އެ އާއިލާތަކަށް ސިޓީއަކުން ދެވަނަ ގެއެއް ދިނުމަކީވެސް އެންމެ މުހިންމު އެއްކަންތައްތަކަށް ހަދައިދޭނެ ކަމަށެވެ.

އެއީ އައްޑޫ ސިޓިއާއި، ފުވައްމުލައް ސިޓީ އަދި މާލެ ސިޓީން އާއި، ކުޅުދުއްފުށި ސިޓީން ނުވަތަ ތިނަދޫ ސިޓީން ކަމުގައިވީ ނަމަވެސް ކަމަށް އުމަރު ވިދާޅުވިއެވެ.  މިގޮތަށް ގެއެއް ދޭއިރު ރަށުގައި ހުންނަ ގެ އަށް އެއްވެސް ބަދަލެއް ނާއަންނާނެ ކަމަށާއި، އެ ގެ ހަމަ ހުންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

މިގޮތަށް ގެއެެއް ދިނުމުގެ އެންމެ ބޮޑު ވިސްނުމަކީ އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކުން ބޭނުންތަކުގައި މާލެ އާއި، ނުވަތަ ސިޓީ އަކަށް ދާން ޖެހި ތަނެއް ކުށްޔަށް ހިފައިގެން ތިބެން ޖެހުމުން ކަމަށްވާތީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އެހެންކަމުން އެކަމުން އުފުލަން ޖެހިފައިވާ ތަކުލީފަށް ހައްލު ލިބޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް