ads
ކުޅުދުއްފުށީގައި ރައީސް ސޯލިހު ރޭ ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ޔޮޓް މެރީނާތަކާއި ކުރޫޒްލައިނާތަކަށް ހިދުމަތް ދެވޭނެގޮތް ހަދައިދޭނެ ކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
ކުޅުދުއްފުށީގައި ކްރޫޒްލައިނާތަކަށް ހިދުމަތްދެވޭ ގޮތް ހަދާނަން: ރައީސް
ދެވަނަ ދައުރުގައި ކުޅުދުއްފުށި ސިޓީގައި ޔޮޓް މެރީނާތަކާއި ކުރޫޒްލައިނާތަކަށް ހިދުމަތް ދެވޭނެގޮތް ހަދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތި ތަރައްގީކުރާއިރު ކުޅުދުއްފުށި ސިޓީއަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ އެ ސިޓީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 1،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ދެވަނަ ދައުރުގައި އެ ސިޓީން އިތުރަށް ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ ރަށްތަކުން ތަކެތި ވިއްކުމަށް އަންނަ ފަރާތްތަކަށް ހާއްސަކޮށް އެ ސިޓީގައި ކޮމާޝަލް ބަނދަރެއް ހަދައިދޭނެ ކަމުގައެވެ. މިހާރު ހަދަމުންދާ މަގުތަކާ އެކު، ބާކީ ހުރި ހުރިހާ މަގުތަކެއް ތަރައްގީ ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުނބުރުދުއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހަދައި، އެ ރަށަކީ ބޯޓް ބިލްޑިން މަސައްކަތާއި ގުދަން ކުރުމާއި ޕެކިން ކުރާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ޔޮޓް މެރީނާ އާއި ކްރޫޒްލައިނާތަކަށް ހިދުމަތް ދެވޭނެގޮތް ކުޅުދުއްފުށީގައި ގާއިމުކުރާނެ ކަމަށެވެ.

"ޓޫރިޒަމްގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި މި ސަރަހައްދުގައި ޔޮޓް މެރީނާ އާއި ކްރޫޒްލައިނާސްއަށް ހިދުމަތްދޭ ގޮތަށް ކުޅުދުއްފުށި ސިޓީގައި އަޅުގަނޑުމެން ފެސިލިޓީސްތައް ގާއިމުކޮށްދޭނަން،" - ރައީސް ސޯލިހު


ކުޅުދުއްފުށީގެ ރައްޔިތުން އެދުނު ގޮތަށް ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ ސްކީމެއް ތައާރަފުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ސިޓީގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހަދައިދޭނެ ކަމުގައެވެ.

ބޮޑު ތިލަދުންމަތީގައި 5،000 އެނދު ތަރައްގީކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރާ މަސައްކަތަކާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް