ads
ސީޝޭލްސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފަރުރޭ
އިންތިހާބު އޮބްޒާވް ކުރަން ކޮމަންވެލްތުގެ ބޮޑު ވަފުދެއް
ސީޝަލްސްގެ ކުރީގެ ރައީސް ޑެނީ ފޯރޭ ލީޑު ކުރައްވައި، ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ ބޮޑު ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރާ ކޮމަންވެލްތުގެ ވަފްދުގައި 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މި ޓީމު ލީޑު ކުރައްވާނީ، ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފޯރޭއެވެ. އެމަނިކުފާނުވަނީ މީގެ ކުރިންވެސް އެކި ފަހަރު ރާއްޖެ ވަޑައިގެންފައެވެ.

ކޮމަންވެލުގައި ވަފުދުން ހޮނިހިރު ދުވަހު އޮންނަ އިންތިހާބު އޮބްޒާވް ކުރުމަށް ފަހު އިންތިހާބުގެ ކަންކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލާނެއެވެ. މި ރިޕޯޓުގައި އިންތިހާބުގެ ކުރިން ކަންކަން ހިނގައިދިޔަ ގޮތާއި ވޯޓުލާ ދުވަހުގެ ކަންކަމާ އަދި ވޯޓަށް ފަހު ހިނގާކަންކަން މޮނިޓާކޮށް އެ މައުލޫމާތު ރިޕޯޓުގައި ހިމަނާނެއެވެ.

މިއީ، ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވީ ފަހުން، ކޮމަންވެލްތުން ރާއްޖޭގެ އިންތިހާބެއް މޮނީޓަރ ކުރާ ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވީނަމަވެސް 2020 ވަނަ އަހަރު ރާއްޖެވަނީ އަލުން ކޮމަންވެލްތާ ގުޅިފައެވެ.

10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުގެ މި ވަފްދަކީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް އިންތިހާބު މޮނީޓަރ ކުރުން ރާއްޖެ ވަޑައިގެންނެވި ވަފުދެކެވެ. ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޔޫރަޕިއަން ޔޫނިއަންއަށާއި އަދި ޢގެ އިތުރުން 15 ގައުމަކަށް ވެސް ދައުވަތު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް