ads
ރައީސް ވަހީދު ތިނަދޫގައި ރޭ ވާހަކަފުޅު ދައްކަވަނީ---ފޮޓޯ:ޖޭޕީ
10 އަހަރު ވީ އިރު ވާހަކަ ނުދައްކާ ތިމާގެ މީހުން އެބަތިބި: ރައީސް ވަހީދު
ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އިސްވެ ވާހަކަ ނުދައްކާ ތިމާގެ މީހުން އެބަތިބި ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ވަހީދު އެހެން ވިދާޅުވީ ރޭ ގދ.ތިނަދޫގައި ޖޭޕީގެ ފަރާތުން ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެތައް ބަޔަކު ގުރުބާންތަކެއް ވެގެން މަސައްކަތް ކުރީ އިސްލާހަށް ކަމަށެވެ. ނަމަވެސް ޑިމޮކްރަސީ އައުމުން އުފެދުނީ ބައިބައިވުން ކަމަށާއި، އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ރައީސް ވަހީދު ވިދާޅުވީ ދިވެހިން މުސްލިމުންގެ ގޮތުގައާއި ޒަމާނުންސުރެ ދިވެހިންގެ ގޮތުގައި ހިފަހައްޓަމުން އައި ރިވެތި ގާތްގުޅުންތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އެގޮތުން އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ކަނޑާ، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާ ބައެއްކަން ހަނދާން ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް. އެއްޗެހި ކިޔާ، ގުޅުން ކަނޑާލާ ވާހަކަ ދެއްކުން ހުއްޓާލާ. ވޭތުވެ ދިޔަ 10 އަހަރު ވެސް އިސްވެ އަޅުގަނޑާ ވާހަކަ ނުދައްކާ އަޅުގަނޑުގެ ތިމާގެ މީހުން ވެސް އެބައުޅޭ،" ރައީސް ވަހީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު އިދިކޮޅު ހުރިހާ އެންމެން އެއްބައިވެ ރައީސް މައުމޫނު އަބްދުލް ގައްޔުމު ބަލިކޮށް އެކުލަވާލި ސަރުކާރު 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ދެން ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ނައިބު ރައީސަކަށް އޭރު ހުންނެވި ޑރ. ވަހީދެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ނަމުގައި ރައީސް ވަހީދު ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވީ އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެންނެވެ. ސަރުކާރުގައި ބައިވެރިވާން ހުށަހެޅުމުން އެކަން އެމްޑީޕީން ބަލައިނުގަތެވެ. 

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ރައީސް ވަހީދު ،ކުރެއްވީ ބަގާވާތެކެވެ. 

ގާސިމު އިބްރާހީމާއެކު ރައީސް ވަހީދު މިފަހަރު ނުކުމެވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވެވަޑައިގެންނެވުމުންނެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް