ހަސަން ކުރުސީ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓް ބޭން ކޮށްފަ ވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އެކައުންޓެކެވެ. ގިނަ ބަޔަކު ތުހުމަތު ކުރައްވާގޮތުގައި އެ އެކައުންޓް ބޭނުން ކުރަމުންދަނީ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަމަވެސް އެތުހަމަތު ނަޝީދު ވަނި ދޮގު ކުރައްވާފައެެވެ. އެކަމާއި ގުޅިގެން އެ މަނިކުފާނުވަނީ މި އަހަރު އެޕްރީލް މަހުގައި އެ އެކައުންޓްގެ ވެރިފަރާތަކީ ކޮބައިތޯ ބެއްލެވުމަށް ފުލުހަށްވެސް މައްސަލަ ހުށައަޅުއްވާފައެވެ.
އެ މައްސަލައާއި ގުޅިގެން އޭރު ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް އެ އެކައުންޓް ގެންގުޅުއްވަނީ ކޮންފަރާތެއް ކަމެއް ސާފެއް ނުވެއެވެ.