ads
އަލީ ނިޒާރު ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަނީ ސީއެންއެމް ފައިލް ފޕޓޯ
އައްޑޫއިން ދޫކުރި ގޯތީގައި ގެ އެޅޭނެ ގޮތް ހަނދާދޭނަން: ނިޒާރު
އައްޑޫއިން ދޫކުރި ގޯތީގައި ގެ އެޅޭނެ ގޮތްހަދާދޭނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
Advertisement

ނިޒާރު ވިދާޅުވީ ގޯތި ދިނުމަށްފަހު އެ ގޯތި އެޅޭނެ ގޮތް ހަދާއިދޭނެ ކަމަށާއި، އެކަމަށް ލުއި ގޮތެއް ހައްދަވާ ދެއްވާނެ ކަމަށެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކު އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އަޅުގަނޑުމެން ވައުދެއްވިނަމަ ﷲ ގެ އިރާދަފުޅާއި އެކު ފުއްދަ ދޭނަން،" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ އިން ގޯތި ދިނުމަށް ޝަރުތުހަމަވެފައިވާ އެއްމެހާ ފަރާތްތަކަށް ގާނޫނީ ހުރަހެއްނުވާނަމަ ގޯތިދެވޭނެ ކަމަށެވެ. އެބޭފުޅުން ދޭނީ ގޯތި އެކަނިނޫން ކަމަށާއި، އަދި ލުއި ގޮތެއް ހައްދަވާ ގޯތީގައި ގެ އެޅޭނެ ގޮތް ވެސް ހޯދަވައި ދެއްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް 500 ގެ އެޅުމަށް ފައިސާވަނީ ހަމަޖެހިފައި ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. 

ގޯތީގައި ގެ އަޅައިދިނުމަށް ލުއި ގޮތެއް ހޯއްދަވާނެ ކަމަށް ނިޒާރު ވިދާޅުވެފައިވާއިރު، އެއީ ލޯނުގެ ގޮތުގައިކަމެއް، ނުވަތަ ކައުންސިލުން ހިލޭ އަޅައިދެނީ ކަމެއް ފާހަގަކޮށްފައި ނުވެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލުމާތު ސާފްކޮށްލުމަށް ނިޒާރަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލުމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫސިޓީގެ 4 އަވަށަކުން ޖުމްލަ 1000 ގޯތި ދޭން ނިންމާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް ވެސް މިއަދު ވަނީ އާއްމުކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ އައްޑޫސިޓީ ހިތަދޫ، ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަތުރު ފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓް މިހާރު ޢާއްމުކޮށްފައިވާ ކަމަށެވެ.

އެ ލިސްޓުގައިހިމެނޭ ފަރާތްތަކަށް ގޯތިދޫކުރެވޭނީ ދެމަރުޙަލާއަކަށް ބައިކުރެވިގެން ކަމަށާއި، ފުރަތަމަ މަރުޙަލާގައި ގޯތިދޫކުރެވޭނީ ގޯތިދޫކުރުމަށް ފުރުސަތުހުޅުވާ ކުރެވުނު އިޢުލާނުގައި ވާފަދައިން އައްޑޫގެ 4 އަވަށަކުން ޖުމަލަ 1000 ގޯތި ކަމަށެވެ.

އެގޮތުން ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯތި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ. އެ ލިސްޓުގައިހިމެނޭ އެހެންފަރާތްތަކަށް ދެވަނަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް