ads
ހަސަން ކުރުސީ ނަމުގައި ހިންގި ޓްވިޓާ އެކައުންޓް
ކުރުސީ ޓްވިޓާ އެކައުންޓް އެކްޓިވް ވެއްޖެ
ހަސަން ކުރުސީ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓު ބޭނުން ނުކުރެވޭ ގޮތަށް އޮތުމަށްފަހު އަނެއްކާ އެކްޓިވް ވެއްޖެއެވެ.
Advertisement

ހަސަން ކުރުސީ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ކުރުސީގެ އެކައުންޓު ސަސްޕެންޑުކޮށްފައިވަނީ އެ އެކައުންޓު ކުރި ޓްވީޓަކާއި ގުޅިގެންނެވެ. ނަމަވެސް ފަހުން ޓްވިޓާއިން ބެލި ބެލުމުން ސަސްޕެންޑް ކުރެވިފައިވަނީ ގޯސްކޮށް ކަމަށްވާތީ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ބުނެ ޓްވިޓައިން ކުރުސީއަށް ފޮނުވި މެސެޖެެއް އޭނާ ވަނީ ޓްވީޓު ވެސް ކޮށްފައެވެ. 

އެ އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އެކައުންޓެކެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެ އެކައުންޓް ބޭނުން ކުރަމުންދަނީ ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެތުހަމަތު ނަޝީދު ވަނީ ދޮގު ކުރައްވާފައެެވެ. އެކަމާއި ގުޅިގެން އެ މަނިކުފާނުވަނީ މި އަހަރު އެޕްރީލް މަހުގެ 17 ވަނަ ދުވަހު އެ އެކައުންޓްގެ ވެރިފަރާތަކީ ކޮބައިތޯ ބެއްލެވުމަށް ފުލުހަށްވެސް މައްސަލަ ހުށަހަޅުއްވާފައެވެ.

އެ މައްސަލައާއި ގުޅިގެން އޭރު ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް އެ އެކައުންޓް ގެންގުޅެނީ ކޮންފަރާތެއް ކަމެއް ސާފެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް