ads
ހައިކޯޓުގެ ޝަރީއަތުގައި ޔާމީން
މަނީ ލޯންޑަރިންގެ އެއްވެސް ކަމެއް ނުކުރަން: ޔާމީން
މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރަކީ ކުށުގެ ފައިސާކަން ނޭނގޭ ކަމަށާއި މަނީލޯންޑަރިންގެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއަކީ ކުށުގެ ފައިސާކަން ނޭނގޭ ކަމަށާއި މަނީލޯންޑަރިންގެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑު އެހުމުގައި މިއަދުއެވެ.

ހައިކޯޓުގައި އޮތް ޝަރީއަތުގައި ޔާމީން ވިދާޅުވީ ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށެވެ. އެކަމަށް ލިބިވަޑައިގެންފައިވާ ފައިސާއަކީ، ސިޔާސީ މަސައްކަތަށް ހެޔޮ އެދޭ ވިޔަފާރިވެރިން ދީފައިވާ އެހީ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އާރަށު މުއާމަލާތުގެ އެއްވެސް ކަމަކީ އެމަނިކުފާނުގެ އެނގުމުގައި ހިނގި ކަންކަމެއް ނޫން ކަމަށެވެ. އަދި ފައިސާގެ އަސްލު އޮޅުވާލުމުގެ ނިޔަތް އޮވެގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު އަމިއްލަ އެކުންޓަކަށް، އަދި އަމުދުން ރާއްޖޭގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާއެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ. "ބެންކިން ނިޒާމުގެ ތެރެއިން ހިންގާ ކަންކަމުގައި ރާއްޖޭގައި ކޮންސީލެއް ނުކުރެވޭނެ،"

މި މައްސަލައިގައި ދިގު ހައެއްކަ އަޑު އެހުމަށް ފަހު މިހާރުވަނީ އަޑު އެހުންތައް ނިންމަން ކައިރިވެފައެވެ. މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުން ވިދާޅުވީ، ދެ ފަރާތަށް ވެސް ފުރުސަތުތަކެއް ދިނުމަށް ފަހު، އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ފާހަގަ ކުރި ކަންކަމަށް ދިފާއުން ރައްދު ދިނުން ކަމަށެވެ. އަދި އޭގެ ފަހުން، ޚުލާސާކޮށް ވާހަކަ ދައްކަވަން ފަހު އިތުރު ފުރުސަތެއް ވެސް ދެއްވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވިވއެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް