ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އަދާލަތު ޕާޓީގެ 73 މެންބަރުންގެ އިތުރުން އިންނަމާދޫ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ތަނބު ކަމުގައިވާ ހުސައިން ރައޫފާއި އިބްރާހިމް ރަޝީދު އާއެކު ގިނަ ފަރާތްތަކެއް ޕީޕީއެމްއާ ގުޅިފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ފެންނަނީ މި މަންޒަރު ކަމަށެވެ.
އިންނަމާދޫ ކައުންސިލުގެ ތިން މެންބަރަކާއި ޑަބްލިޔުޑީސީގެ ރައީސްއާއި ނައިބު ރައީސް ވެސް ވަނީ ޕީޕީއެމްއަށް މި ހަފްތާގެ ތެރޭގަ ސޮއިކޮށްފައެވެ.