ދުވާލަކު 50 ޓަނުގެ ކުނި އަންދާ ޕްލާންޓެއް އައްޑޫގަ ގާއިމް ކޮށްފިއެވެ.
Advertisement
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ކަމަށެވެ.
އެގޮތުން ވޭސްޓް ޓު އެނާޖީ ޕްލާންޓް ކޮމިޝަންކުރުމަށްޓަކައި ވެމްކޯއަށް ވަނީ މިއަދު ހަވާލުކުރެވިފައެވެ.
އެ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދާ އެއިން 1.5 މެގަވަޓްގެ ކަރަންޓް އުފެއްދޭގޮތަށް ޑިޒައިންކޮށް އިންސްޓޯލްކޮށްފައިވާ ޕްލާންޓެއް ކަމަށްވެސް އެ މިނިސްޓްރިން ވަނީ ބުނެފައެެވެ.
އައްޑޫ ސިޓީގައި ގާއިމްކުރެވުނު ވޭސްޓް ޓު އެނާޖީ ޕްލާންޓް ޕްރިކޮމިޝަން ކުރުމަށް ވެމްކޯ އަށް އެތަން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ވަނީ ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ބައިވެރިވެ ވަޑއިގެންފައެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެ އަތޮޅުތަކުގެ މެމްބަރުންވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން...ފޮޓޯ/އެންވާރުމެންޓް މިނިސްޓްރީ
ވޭސްޓް ޓު އެނަރޖީ ޕްލާންޓް ފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްދެއްވާފައި ވަނީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.