ޓީވީ މުއާ މިރޭވަނީ އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑީޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
މުއާޒްވަނީ ޕީޕީއެމްގެ ސަރުކާރު ބަދަލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރުންކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި ފަހުން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ޕާޓީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސަކަށް ވެސް މުއާ ހުންނެވިއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެފައިވާއިރު ގިނަ ބަޔަކު އަންނަނީ ވެރިކަން ކުރާ އެމްޑީޕީއާ ގުޅެމުންނެވެ.