މޮރޮކޯގެ މެދުތެރެއަށް އައި 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ދެހާހަށްވުރެ ގިނަ މީހުން މަރުވެ، އިތުރު އެތައް ބަޔަކު ހާލުގައި ޖެހިފައިވާ މި ދަނޑިވަޅުގައި އެ ގައުމުގައި ހާލުގައި ޖެހި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.
އެގޮތުން އެމް-ފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް،
އުރީދޫން ބުނި ގޮތުގައި ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެމް-ފައިސާ މެދުވެރިކޮށް ލިބޭ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް މެދުވެރިކޮށް ކަމަށެވެ.