ads
ފައްޔާޒުވަނީ ޖެހުނު ހިސާބު ގޯސްކަމަށް ވިދާޅުވެފައި---
ޖެހުނު ހިސާބު ގޯސް، މިނުކުންނަނީ ދެވަނަ ބުރު ކާމިޔާބު ކުރަން: ފައްޔާޒު
ފުރަތަމަ ބުރުގައި ޖެހުނު ހިސާބު ގޯސްވި ނަމަވެސް، ކެމްޕޭނު އަލުން ރުކުރުވާލާ ދެވަނަ ބުރު ކާމިޔާބު ކުރަން ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތް ކުރައްވާ ސޯޝަލް މީޑިއާ ޕްލެޓުފޯމު އެކޖްސްގައި ފައްޔާޒު މިއަދު ވިދާޅުވީ ޖެހުނު ހިސާބު ގޯސް ކަމަށެވެ. އަދި ކުރަން ޖެހޭ ކަންކަން ސާފު ކުރެވިއްޖެ ކަމަށާއި އަނެއްކާ ވެސް މި ނުކުންނަނީ އިރާދަފުޅާއެކު ކެމްޕޭނު ރުކުރުވާލާ ކާމިޔާބު ކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ރާއްޖެ އަނިޔާވެރިކަމާ ދިމާލަށް ދިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

<blockquote class="twitter-tweet"><p lang="dv" dir="rtl">ޖެހުނު ހިސާބު ގޯސް. 🤔 ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން.<a href="https://twitter.com/hashtag/IbuAslam2023?src=hash&amp;ref_src=twsrc%5Etfw">#IbuAslam2023</a></p>&mdash; Fayyaz Ismail (@faya_i) <a href="https://twitter.com/faya_i/status/1700763761382936582?ref_src=twsrc%5Etfw">September 10, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ޖެހުނު ހިސާބު ގޯސް ކަމަށް ފައްޔާޒު އެއްބަސްވެވަޑައިގެންނެވި އިރު ފައްޔާޒު ވިދާޅުވީ ފުރަތަމަ ބުރު 56 އިންސައްތަ ވޯޓާއެކު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ބުރުގައި ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85900 އެއްހާ ވޯޓެވެ. 

އެމްޑީޕީން އިންތިހާބުގައި ނުކުތީ އެމްޑީއޭއާއި އަދާލަތު ހިމެނޭ ކޯލިޝަނަކާއެކުއެވެ. 2018 ވަނަ އަހަރު އެއްބުރުން އެމްޑީޕީން ކާމިޔާބު ކުރީ ޖޭޕީއާއި އެމްއާރުއެމް ވެސް ހިމެނޭ ކޯލިޝަނަކާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް