ads
ކުރީގެ ރައީސް ޔާމީން އަރިހުގައި ޑރ. މުއިއްޒު
މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އިތުރު ހިތްވަރެއް ދިނުމަށް ޔާމީން އެދިވަޑައިގެންފި
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
Advertisement

ޔާމީންގެ ވަކީލް، ޑރ. ޖަމީލްގެ 'އެކްސް'ގައި ވިދާޅުވީ މުއިއްޒުއަށް އިތުރު ތާއީދު ދެއްވައި ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ މެސެޖްގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުޢިއްޒަށް ލިބިވަޑައިގަތީ ވޯޓު ލީމީހުންގެ 46.15 އިންސައްތައެވެ. ޑރ. މުޢިއްޒާއި އެންމެ ގާތުން ވާދަކުރައްވާ، މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހަށް ލިބިވަޑައިގަތީ 38.71 އިންސައްތަ ވޯޓެވެ.

މި ދެ ބޭފުޅުންނާއި އެންމެ ގާތުން ދެން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެގޮތުން އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 7.19 އިންސައްތައެވެ. ވީމާ، ވޯޓުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގެ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ، ޑރ. މުޙައްމަދު މުއިއްޒާއި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހެވެ.

އިންތިހާބުގެ ތިންވަނަ ހޯއްދެވީ ޑިމޮކްރެޓިކްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާ އަށް ލިބިވަޑައިގަތީ 15،839 ވޯޓު ނުވަތަ ހަތް ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަން މަސައްކަތް ކުރެއްވި އެވެ. ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖައްސަވާ ފޯމް ވެސް ހުށައެޅުއްވި އެވެ. ނަމަވެސް ކެންޑިޑެސީ ބަލައިނުގަތީ އެވެ. ކެންޑިޑެސީ ގަބޫލު ކުރުމަށް އަމުރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެސް ހުށައެޅި އެވެ. ނަމަވެސް ކޯޓުން ވެސް ނިންމީ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް