ads
ސިފައިން...
ސިފައިން އެދެނީ ދޮގު ހަބަރު ނުފަތުރަން
މިއަދުގެ ވަގުތެއްގައި އޮންލައިން ނޫހަކުން "ދިވެހި ސިފައިންގެ އިސް ފަރާތްތަކުން ސަރުކާރުގެ ދިފާއުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ދެކޮޅު ހަދަމުންދާ" ކަމަށް ބުނެ، ލިޔެފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ހަބަރެއް ކަމަށް ދިވެހި ސިފައިންގެ ފަރާތުން ބުނެފިއެވެ.
Advertisement

ދިވެހި ސިފައިންގެ އިންފޮމޭޝަން އޮފިސަރު ބުނެފައިވަނީ ދިވެހި ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި އެއްގޮތަށް އަމަލުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

އަދި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދިފާއުކޮށް ރައްކާތެރިކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށާއި، އަދި މިގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދިވެހި ސިފައިން ނުދޭނެކަމުގެ ޔަގީންކަން އެއްމެހާ ރައްޔިތުންނަށް އަރުވާކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން، އެއްވެސް މަގްސަދެއްގައި ދިވެހި ސިފައިންގެ ގަދަރާއި ކަރާމަތަށް އުނިކަން ލިބޭގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށްވެސް ބުނެފައިވެއެވެ.

މިއަދުގެ ހެނދުނުން ފެށިގެން، ދިވެހި ސިފައިންގެ އިސްސަފުގައި ހަރަކާތްތެރިވާ ޖެނެރަލުންނާއި އިންޑިއަން ހައިކޮމިޝަނާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އަދި މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ބައެއް ޖެނެރަލުން ދެކޮޅު ހަދަމުންދާކަމަށާއި، މީގެއިތުރުން ދެކޮޅު ހެއްދެވި ޖެނެރަލުންނަށް ދިވެހި ސިފައިންނަށް ހާއްސަކުރެވިގެން އިމާރާތްކުރެވުނު ފްލެޓްތަކުން ލިބިފައިވާ ޕެންޓްހައުސްތައް އަތުލުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނިންމަވާފައިވާ ކަމަށް ބުނެ، އޮންލައިން ނޫސް ދިޔަރެސް އިން ވަނީ ތަފާތު ހަބަރުތަކެއް ޝާއިއު ކޮށްފައެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް