މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.7 އިންސައްތަ މަދު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނިމިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއާޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިދިޔަ މަހު ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ ނުވަ އިންސައްތައަށް އިތުރުވެފައިވުން ކަމަށް މީރާއިން ބުނެއެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި ޖީއެސްޓީގެ ރޭޓަށް އައި ބަދަލާ ގުޅިގެން ޓީޖީއެސްޓީ އަދި ޖީޖީއެސްޓީން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމުގައެވެ.
މި އަހަރުގެ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމުގައި އެ އޮތޯރިޓީން ބުނެއެވެ. މީރާއިން ބުނީ އޮގަސްޓު މަހު އަންދާޒާކޮށްފައިވާ އަދަދާ އަޅާބަލާއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 0.2 އަށް ދައްވެފައިވުމުން، ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީޖީއެސްޓީން ލިބުނު އާމްދަނީ ވަނީ މަދުވެފައި ކަމަށެވެ.
މި އަހަރުގެ އޮގަސްޓު މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީން ކަމަށް މީރާއިން ބުނެއެވެ.
އޮގަސްޓު މަހު މީރާއަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.