ads
އުމަރު ނަސީރު---
ދެވަނަ ބުރުގައި އުމަރު އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާނެ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އުމަރު ނަސީރު އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހާއި، އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އުމަރު ނަސީރުވަނީ ދެވަނަ ބުރަކަށް ގޮސްފި ނަމަ އެއްވެސް ކޮޅަކަށް ނާރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އުމަރު ނަސީރު ރޭ ވަނީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނުޖެހޭނެ ކަމަށާއި އަނެއްކާ ވެސް ދެން އޮންނަ އިންތިހާބަކަށް އިންތިޒާރު ކުރާނީ ކަމަށް ވިދާޅުވި ކަމަށް ބުނެ އާއްމު ފަރާތަކުން އެކްސްގައި ބުނެފައިވާ ވާހަކަތަކެއް ރީ-ޕޯސްޓު ކުރައްވާފައެވެ. 

އިންތިހާބުގެ ފުރަތަމަ ބުރުގައި އުމަރު ނަސީރު ވަނީ ގިނަ ބަޔަކަށް ސިހުން ގެނުވުމަށްފަހު ޖޭޕީގެ ލީޑަރު ގާސިމު އިބުރާހީމު ވެސް ފަހަތަށް ޖައްސާލުމަށްފަހު ހަތަރު ވަނަ ކާމިޔާބު ކުރައްވާފައެވެ. އުމަރުވަނީ 6343 ވޯޓު ހޯއްދަވާފައެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ފުރަތަމަ އަދާ ކުރެއްވި އުމަރު ނަސީރުވަނީ ގޭންގުތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ސިޔާސަތުތަކެއް އިއުލާން ކުރައްވާފައެވެ. 

77%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް