ads
މީޑިއާ ކައަންސިލްގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މީޑިއާ ކައުންސިލް
ދޮގު ހަބަރު ފަތުރާ މައްސަލަ މިދަނީ ބަލަމުން: އެމްއެމްސީ
ރާއްޖޭގެ އޮންލައިން ނޫހެއްގައި ދޮގު ހަބަރުތައް ފަތުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން އެކަން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އެކަން ބަލަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސީއެންއެމް އާއި ވާހަކަ ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ މިކަމާއި ގުޅޭގޮތުން ކައުންސިލްގައި ވަރަށް ބޮޑަށް ބަހުސް ކުރެވިފައިވާ ކަމަށެވެ.

އަދި މިއީ ވަރަށް ހައްސާސް މައްސަލައެއް ކަމަށް ގިނަ މެމްބަރުންނަށް ފެނުމާއެކު، މައްސަލައަށް އެއްމެ އެކަށޭނެ ހައްލެއް ހޯދުމަށް ކަމާއި ގުޅޭ އިދާރާތަކާއެކު، މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިމައްސަލަ އާއި ގުޅޭ ގޮތުން ކައުންސިލް މެމްބަރުން މެދުގައި ވަރަށް ބޮޑަށް ބަހުސް ކުރެވި، މިއީ ހައްސާސް މައްސަލަ އެއް ކަމަށް ގިނަ މެމްބަރުންނަށް ފެނުމާއެކު، މައްސަލައިގެ އެއްމެ އެކަށޭނެ ހައްލެއް ހޯދުމަށް ކަމާއި ގުޅޭ އިދާރާ ތަކާއެކު މަޝްވަރާ ކުރުމަށް ވަނީ ނިންމިފަ". މުސްތަފާ ވިދާޅުވިއެވެ.

ރާއްޖޭގެ މީޑިއާއަކުން އިންޑިއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފަދަ ގޮތަކަށް، އެއްވެސް ވަރަކަށް ކަމުގެ ހަގީގަތް ނުބަލާ، ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށްބުނެ، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަކަމަށް ބުނެ، އިންޑިއަން ހައިކޮމިޝަނުގެ ފަރާތުން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. 

މީގެ ތެރޭގައި، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ޖަޔަޝަންކަރު ސޮއިކުރައްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސްކޮށް ފޮނުވާފައިވާ ކަމަށް ބުނެ އާއްމުކޮށްފައިވާ ސިޓީ އާއި ގުޅިގެން ކޮށްފައިވާ ޕޯސްޓަކާއި، އިންޑިއާ ހައި ކޮމިޝަނުން ވިސާ ހޯދުމަށްދާ ދިވެހިންގެ ކައިރިން ވޯޓު އަޅަނީ ކާކަށްތޯ އަހާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރަކާއި، ހަނިމާދޫގައި ތިބޭ އިންޑިއާ ސިފައިން އެރަށު ރައްޔިތުންގެ ކައިރިން ވޯޓް އަޅަނީ ކާކަށްތޯ އަހަމުންދާކަމަށް ބުނެ ޝާއިއުކޮށްފައިވާ ހަބަރެއްގެ ޕޯސްޓެއް ހިމެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް