ads
ދިވެހި ސިފައިން. ފޮޓޯ: އެމްއެންޑީއެފް
ވަކި ފިކުރެއް ހުންނާތީ ވަޒީފާއިން ވަކިނުކުރާނެ: އެމްއެންޑީއެފް
ސިފައިންގެ ތެރެއިން ވަކި ގޮތަކަށް ފިކުރު ހުންނާތީކަމަށްބުނެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުން ގެންދާކަމަށް ބުނެ ނިއުސް މީޑިއާގައާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރާ ވާހަކައަކީ ދޮގެއް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
Advertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސަސްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު ހުސައިން ރަޝީދު ވިދާޅުވީ، ސިފައިންގެ ޤާނޫނުގެ ދަށުން ހަދާފައިވާ 'ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާއިބެހޭ ޤަވާޢިދު' ގެ ދަށުން، އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްޓަކައި، ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޢަސްކަރީ އަދުލުގެ ނިޒާމެއް 2021 ނޮވެމްބަރު 3 ވަނަ ދުވަހު ތަޢާރަފު ކޮށްފައިވާ ކަމަށެވެ.

މިނިޒާމު ތައާރަފު ކުރުމާއެކު އަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ފޮނުވަމުންދަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށާއި މިކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ފުރިހަމައަށް ޖަވާބުދާރީވާނެ ފުރުސަތާއި، ބޭނުންވާނަމަ ޤާނޫނީ ވަކީލުންގެ އެހީތެރިކަންދީ ދިފާއުވުމުގެ ފުރިހަމަ ފުރުސަތުވަނީ ފަހިކޮށްދީފައިކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިލިޓަރީ ޖަސްޓިސް ކައުންސިލުން ނިންމާ ނިންމުންތައް، މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލަށް އެޕީލްކުރުމުގެ ފުރުޞަތުވެސް މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭ ކަމަށާއި، މިއާއެކު އެންމެ ފަހު މަރުޙަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލުގެ ނިންމުން، މުރާޖަޢާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުޞަތުވެސް ލިބޭނެ ކަމަށް ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ. 

އެ ނިޒާމުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި މިނިވަންކަމާ އަދުލުވެރިކަމާއެކު ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ފުރިހަމަ އިހުތިޔާރު ލިބިދީފައިވާ ކަމަށް ވެސް ހުސައިން ރަޝީދުވަނީ ވިދާޅުވެފައެވެ. 

އެހެން ކަމުން އަސްކަރީ އަދުލުގެ ނިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ މީހަކާމެދު އެނޫން ގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެ ކަމަށާއި އަދި މިނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާމެދު ފިޔަވަޅު އަޅަމުން ނުދާކަމުގައި ދަންނަވާ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ. 

އެފަދަ ގޮތަކަށް އަމަލުކުރުމަށް ސިފައިންގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައިނުވާކަމުގައި ވެސް ދަންނަވާ ކަމަށް ވެސް ބުނެފައިވެއެވެ. 

އޭގެ އިތުރުން ސިފައިންނަކީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް ޢަމަލުތައް ބަހައްޓާ، ޢަސްކަރީ ރިވެތި ޢަޚްލާޤެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބަޔަކަށްވީހިނދު، މިނޫންގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ހިތްވަރުލިބޭފަދަ ދޮގު ޚަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުއްވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދުގެ ވަގުތެއްގައި، ދިވެހި ސިފައިންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާ ފަރާތެއްގެ ސިޔާސީ ފިކުރު ވަކިގޮތަކަށް ހުރެގެން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ ރާއްޖޭގެ މީޑިއާއަކުން ހަބަރު ފަތުރާފައިވެއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް