ads
ރ. އިންނަމާދޫ
މޫނު ނިވާކޮށްގެން ތިބި ބަޔަކު ދެ ރަށެއްގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފި
މޫނު ނިވާކޮށްގެން ތިބި ބަޔަކު ރ. އަތޮޅު ދެ ރަށެއްގެ ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ  ރ. އިންނަމާދޫ އިންޖީނުގެ އޮފީސް ބައި ތިޖޫރީ ފަޅާލަން މަސައްކަތްކޮށްފައިވާ ކަމަށާއި އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 4:00 ޖަހާއިރު ކަަމަށެވެ. އަދި އެ އޮފީހުގެ ތިޖުރީ ފަޅާލުމަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު މަސައްކަތްކުރީ އެތަނުގެ ޑީއުޓީ ކުރާ ސެކިއުރިޓީ ބަނދެފައި ކަމަށް ވެސް ބުންޏެވެ. 

އިންނަމާދޫ އިންޖީނުގެ ތިޖޫރީ ފަޅާލަން ބަޔަކު މަސައްކަތްކުރިއިރު އެ އަތޮޅު ކިނޮޅަހު އޮފީހަށް ގެއްލުންދީ އެރަށު އޮފީހުގެ ތިޖޫރީ ފަޅާލަން މަސައްކަތްކުރިކަމުގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ދެ ރަށެއްގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގަން ބަޔަކު މައްސަކަތް ކޮށްފައިވަނީ ޑިންގިއެއްގައި އަރައިގެންކަމަށް ފުލުހުން މިހާތަނަށް ކުރި ތަހުގީގުން އެނގޭކަމަށާއި ނަމަވެސް އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް އަދި ނުގެންނަ ކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް