ads
އަޒްލީނަށް ގާސިމުގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ ލިޔުން ހަވާލުކުރަނީ - ފައިލް ފޮޓޯ
ޖޭޕީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމަށް އަޒްލީން
ޖުމްހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނެރަލަކަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އައްޔަންކުރައްވައިފި އެވެ.

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަޒްލީން އެޕާޓީގެ އެސްޖީގެ މަގާމަށް ހަމަޖައްސާފައިވާކަން އަޒްމީން ވަނީ ސީއެންއެމް ކަށަވަރު ކޮށްދީފައެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލަށް އަޒްލީން އައްޔަން ކުރެއްވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލީ އާރިފު އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބުނީ 5،460 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 2.47 އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގާސިމްގެ ޖޭޕީން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް