ads
ރައީސް ސޯލިހު މިރޭ ވާހަކަފުޅު ދައްކަވަނީ---
އެންމެ އިންޗިއެއް ވެސް ބޭރު ބަޔަކަށް ދޭން ފުރުސަތު ނުދޭނަން: ރައީސް ސޯލިހު
ރާއްޖޭގެ އެންމެ ފަސްކޮޅެއް ވެސް ބޭރުގެ ބައެއް ބާރުގެ ދަށުގައި ބާއްވަން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

ސޯސަން ޖަގަހާގައި މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނޯންނާނެ ކަމަށް ބުނެ ދައްކާ ދޮގު ވާހަކަތައް ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު ނަގާލަން އުޅޭ ކަމަށް އެމަނިކުފާނަށް ތުހުމަތު ކުރާއިރު، ބޭރު މީހުންނަށް ބިން މިލުކު ކުރެވޭ ގޮތަށް ބަދަލު ގެނައީ ކޮން ބައެއްކަން ނޯޅޭނެ ކަމަށެވެ. ދަންވަރު މަޖިލިސް ހުޅުވައިގެން އޭރު އެމަސައްކަތް ކުރި އިރު ވެސް އެކަމާ ދެކޮޅަށް ނުކުންނެވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އަޅުގަނޑު ޔަގީންކަން މިރޭ ވެސް މިއަރުވަނީ، ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ވެސް، މި ރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް، އެންމެ ފަސްކޮޅެއް ވެސް، ބޭރުގެ އެހެން ބައެއްގެ އަތްދަށުގައި އޮންނާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ދައްކާ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށާއި، ސިފައިން ތިބި ކަމަށް ބުނާ ތަންތަން ވެސް ދައްކަން ތައްޔާރަށް ހުންނެވި ކަމަށެވެ. 

"އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނދުމެންނާ މެދު ޝައްކު އުފައްދާ އުތުރުތިލަފަޅު ކަމަށް ވިޔަސް، ކައްދޫ އެއާޕޯޓު ކަމަށް ވިޔަސް، ހަނިމާދޫ ކަމަށް ވިޔަސް، ވަޑައިގެން ބައްލަވަންވީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ގައުމުގެ މަސްލަހަތު އިސްކުރުން ކަމަށެވެ. ދިވެހިންގެ ކަންކަން ނިންމަނީ ދިވެހިން ކަމަށާއި، ހާރިޖީ ސިޔާސަތަށް ބަސް ކިޔޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާލުވިއެވެ. ޕީޕީއެމްގެ ސަރުކާރުން ގުޅުން ކެނޑި އިސްލާމީ ގައުމުތަކާއި ގުޅުން ބަދަހި ކުރެވިއްޖެ ކަމަށާއި، ދިވެހިންނަކީ ބައިނަލު އަގުވާމީ މައިދާނުގައި ބަސްވިކޭ ބައެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް