ads
އަމީން އެމްޑީޕީގެ ޕޯޑިއަމުގައި މިރޭ ވާހަކަ ދައްކަވަނީ---
އެމްޑީޕީގެ ޖޯޝެއް އަދި ނުފެނޭ، އެ ޖޯޝު ނެރެން ޖެހޭ: އަމީން
އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީގެ ޖޯޝާއި ފޯރި ނެރެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ގާސިމު އިބްރާހީމުގެ ރަނިންމޭޓު ޑރ.އަމީން އިބުރާހީމު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މިރޭ އެމްޑީޕީގެ ސޯސަން ޖަގަހާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރަން ދެން ބޭނުންވަނީ ކުޑަ ހިތްވަރެއް ކަމަށެވެ. 

އަމީން ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީން ވެސް އަދި ޖޭޕީގެ ވަކިވަކި މެންބަރުން ވެސް ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހުރި މައްސަލަތަކަށް ދެއްކި ވާހަކަ ކަމަށާއި އެކަމުގައި އެއްވެސް ޒާތީ ކަމެއް ނެތް ކަމަށެވެ. 

އަމީން ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމީ ޖޭޕީން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް އޭގެފަހުން ކަންތައްތައް އެނބުރެމުން ދިޔަ ގޮތުން ފަރުދީ ގޮތުން ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. 

އަމީން ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމުމުގައި މިނިވަންކަމާއި އިސްތިގުލާލާއި ހާރިޖީ ސިޔާސަތުގެ މިނިވަންކަން ކަށަވަރު ކުރަން ބޭނުންވި ކަމަށެވެ. އަދި ރައީސް ސޯލިހު އެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

"ހާސް ކަނޑުއްވާލައްވާ ދެން. އަޅުގަނޑުމެންގެ ރައީސް އެގެންދަވަނީ ހަމައެކަނި ހަމަޖެހޭނޭ ވިދާޅުވަމުންނެއް ނޫން. ހަމަޖައްސަވަމުން. އެހެންވީމާ މިހާ ހިސާބުން ތިބޭފުޅުން ހާސް ކަނޑާލައްވާ، އަޅުގަނޑުމެން މިތިބީ ތިބޭފުޅުންނާއެކު،" ރައީސް ސޯލިހު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް