އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
އަލީ މިދުހަތު
23 ސެޕްޓެމްބަރ 2023 - 22:58:10
ޕައިލެޓުންނާއި، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިިފިއެވެ.
އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން މިހާރު ސޯސަން ޖަގަހައި ގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މުސާރައަށް ބަދަލު ގެންނައިރު ހަމަ ހަމަ ކަމާއެކު އެކަން ކުރުމަށް ބައްލަވާ ކަމަށެވެ.
ސަރުކާރުގެ ޕޭ ހާމަނައިޒޭޝަންގެ ދަށުން މިހާތަނަށް ބޮޑެތި ދާއިރާތަކުގެ މުސާރައަށް ވަނީ ބަދަލު ގެންނަވާފައެވެ.
"ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫ އިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާ ގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ އުޅޭ.. ލަސްތަކެއް ނުވެ އިރާދަ ކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގެ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫ އިންނާ. މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުން އަދިވެސް އިންތިހާބުގެ ވޯޓާ މެދުގައި ވިސްނެވުމަށް އެދިވަޑައިގެންފައެވެ. އެ ދުވަހު ނިންމޭ ނިންމުމެއްގެ ސަބަބުން ދިވެހިން މިއިން ދުވަހަކު ވެސް ނުދެކޭ ފަދަ ނާމާން، ބިރުވެރިކަމެއްގެ ތެރެއަށް ގޮސްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެބޭފުޅުންގެ ސިޔާސަތުތައް ހާމަކުރަމުން ދާއިރު، އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ އެ މަންޒަރު. އެހެންވެ ވިސްނުންތެރިކަމާ އެކީގައި ނުކުމެވަޑައިގެން އަޅުގަނޑާއި އަޅުގަނޑުމެންނަށް ވޯޓު ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް،" އިންތިހާބުގެ ފުރަތަމަ ބުރުގައި 85،920 ވޯޓް ލިބިވަޑައިގަތް ރައީސް ސޯލިހް ވިދާޅުވިއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް