ads
ރައީސް ސޯލިހު މިރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގަންނަވަނީ---
އުތުރު ތިލަފަޅުން ގޯތި ދީ، ބުރިޖުން ގުޅާލަނީ
ސިފައިންގެ އަސްކަރީ ބަނދަރު ތަރައްގީ ކުރަމުން ގެންދާ އުތުރުތިލަފަޅު ހިއްކައި އެތަނުން ގޯތިދީ، ބުރިޖުން އެތަން ގުޅާލާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަފުތަރުގައި ތިބޭތާ 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް ގޯތިދޭނެ އެއް ފަޅަކީ އުތުރުތިލަފަޅު ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އުތުރުތިލަފަޅުގައި ދިވެހިން ދިރިއުޅޭނެ ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމޭއިރު، އުތުރުތިލަފަޅު ވެސް ގުޅާލެވޭނެ ކަމަށެވެ. 

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއްފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށާއި، ތަފާތު ކުރުމެއް ނެތި ގޯއްޗާއި ފުލެޓު ދެއްވާނެ ކަމަށެވެ. ދަފުތަރުގައި ތިބޭތާ 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް ގޯއްޗާއި ފުލެޓު ދިނުމަށް އާ ސްކީމެއް ތައާރަފުކޮށްފައިވާ އިރު އެ ސްކީމަށް ކުރިމަތިލާން މިރޭ ހުޅުވާލާނެ ކަމަށް ރައީސް ސޯލިހުވަނީ ވިދާޅުވެފައެވެ. 

އިދިކޮޅު ފަރާތްތަކުން ދަނީ ތަރައްގީ ކުރަމުން ގެންދާ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ގައިމުވެ ތިބޭ ކަމަށާއި އެތަނަށް ދިވެހި ސިފައިންގެ ބާރު ނުހިނގާ ކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. 

30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް