ads
ޕްރޮފެސަރު އުގައިލު---
ސަރުކާރުން ބޭނުންވާ އެއްޗެއް ނެތް، ތާއީދު ކުރާނީ ސޯލިހަށް: އުގައިލު
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ތާއީދު ކުރައްވާނީ ރައީސް އިބްރާހީމު މުހައްމަދު ސޯލިހަށް ކަމަށް ޕްރޮފެސަރު ހަސަން އުގައިލު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގައި ވެސް ރައީސް ސޯލިހަށް ތާއީދު ކުރެއްވި އުގައިލު މިއަދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖުރިބާކާރު ޕާޓީ ކަމަށާއި ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން ވޯޓު ދޭން ބޭނުންވަނީ އެޕާޓީއަށް ކަމަށެވެ. 

"އަޅުގަނޑުގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން ވެސް އެނގޭ. ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އަޅުގަނޑު އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް. އަޅުގަނޑަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއް،" އުގައިލު ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި އުގައިލު ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވުމުން އުގައިލަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ތާއީދުގެ ބަދަލުގައި އުގައިލު ނާޖާއިޒު މަންފާތަކެއް ހާސިލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. 

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް