ads
ރައީސް ސޯލިހު---
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ފުލެޓު ދެނީ
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ފްލެޓު ދޭން ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން މިރޭ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 300 ފްލެޓު ދެއްވަން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. 

އަކުރަމު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ ފުލެޓުތަކާއި ގުޅޭ އުސޫލު މިރޭ އާއްމު ކުރާނެ ކަމަށެވެ. 

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 300 ފަރާތަކަށް ފްލެޓު ދޭން ރައީސް ސޯލިހު ނިންމެވި އިރު މާލޭގައި ދިރިއުޅޭތާ 15 އަހަރުވީ މީހުންނަށް ފުލެޓު ދިނުމަށް އަނެއްކާ ވެސް ސަރުކާރުން މިހާރުވަނީ ހުޅުވާލާފައެވެ. އޭގެއިތުރުން ދަފުތަރުގައި ޖެހިފައިވާތާ 20 އަހަރު ފުރިފައިވާ މީހުންނާއި، މާލޭގައި މެދުނުކެނޑި 20 އަހަރު އުޅެފައިވާ މީހުންނަށް ގPޯތި ދިނުމަށް ވެސް ސަރުކާރުން މިހާރުވަނީ ހުޅުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް