ads
ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ޕީޕީއެމްއަށަް ސޮއިކުރެއްވުން
އެމްޑީޕީން ވަކިވި މެންބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފި
އެމްޑީޕީ ޓިކެޓްގައި ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، މިދިޔަ މަހު އެޕާޓީން ވަކިވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މަޖިލީސް މެންބަރު މޫސާ ސިރާޖު އިދިކޮޅު މައި ޕާޓީ، ޕީޕިއެމްއަށް ރޭ ސޮއި ކުރައްވައިފި އެވެ.

މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު އެވެ.

ލ. ގަމުގައި މިރޭ ބޭއްވި ޕީޕީއެމް ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި މޫސާ ސިރާޖާއި ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީގެ އިތުރުން ލ. އަތޮޅުގައި ހަރަކާތްތެރިވާ ވާދަވެރި ޕާޓީތަކުގެ މީހުން ޕީޕީއެމް އަށް ސޮއިކޮށްފައިވެ އެވެ.

މި ދެބޭފުޅުން ޕީ.ޕީ.އެމްއާއި ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޕީއެންސީ ކޯލިޝަނުން ރޭ ހަންދުމަތީ ފޮނަދޫގައި ބޭއްވި ޖަލްސާގައެވެ. މި ދެބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ތާއީދު ކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ކުރި ހޯއްދެވި 17 އަތޮޅުގެ ތެރެއިން އެންމެ ބޮޑު ފަރަގެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޮތީ ކ. އަތޮޅާއި ލ. އަތޮޅުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް