ads
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް
ނެދަލޭންޑްސްގައި ޤުރުއާނަށް ފުރައްސާރަކޮށް ވީދުން ރާއްޖޭން ކުށްވެރިކޮށްފި
ނެދަލޭންޑްސްގެ ދަ ހޭގްގައި ހުރި އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނެދަލޭންޑްސްގައި އުޅޭ އިސްލާމް ދީނީ ދެކޮޅު ހަރުކަށި ގްރޫޕަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ގައުމުގައި ހުންނަ އިސްލާމީ ބައެއް ގައުމުތަކުގެ އެމްބަސީތައް ކުރިމަތީގައި ގުރުއާން ހަތިމުތަކުގެ މައްޗަށް ފައިން އަރައި އަދި ފަހުން ވީދާލައިފަ އެވެ. އޭގެ ތެރޭގައި ތުރުކީ، ޕާކިސްތާނު، އިންޑޮނޭޝިއާ އަދި ޑެންމާކް އެމްބަސީ ވެސް ހިމެނެ އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ތަކުރާރުކޮށް މި ކަހަލަ އަމަލުތައް ހިންގުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުރެވިދާނެ ކަންކަމުގެ ގޮތުގައި ގަބޫލުނުކުރާ ކަމަށެވެ. އަދި މި ކަހަލަ އަމަލުތައް ހުއްޓުވުމަށް ދައުލަތްތަކުން ގައުމީ ފެންވަރުގައި ގާނޫނާއި ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. ބަޔާނުގައި އިތުރަށް ބުނީ މުސްލިމުންނާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މި ކަހަލަ އަނިޔާވެރި އަމަލުތައް ގިނަ ވަމުން ދާތީ ދިވެހި ސަރުކާރުން ވަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އަދި އާއްމު ތަންތަނުގައި ތަކުރާރުކޮށް ކީރިތި ޤުރުއާނަށް އިހާނެތިކޮށް ކަންތައްކުރި ކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ އޮޅުވާލައިގެން ހިންގާ ޢަމަލުތަކެއްކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. މި ކަހަލަ އަމަލުތައް ތަކުރާރުވިޔަ ނުދީ ހިފަހެއްޓުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލައިފަ އެވެ.

އަދި ދީނީ ގޮތުން ރުޅިވެރިކަން އުފެއްދުމަށް ގޮވައިލުމާއި ބޭއިންސާފާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ހުއްޓުވަން ގާނޫނުތައް ހަދައި ސިޔާސަތުތައް ކަނޑައަޅައި ގާނޫނު ތަންފީޒުކުރާނެ އުސޫލުތައް އެކުލަވައިލަން ޖެހޭކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް