ads
ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަނު ކުރެއްވީ ރައީސް ސޯލިހުގެ ދައުރުގަ: -
ކޯޓުތަކުގެ މަސައްކަތް ހަލުވިކުރަން އޭއައިއަށް އިންވެސްޓު ކުރާނަން: ރައީސް ސޯލިހު
ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، އަރޓިފިޝަލް އިންޓެލިޖެންސް (AI) އަށް އިންވެސްޓްކުރާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފިއެވެ.
Advertisement

ރައީސް ސޯލިހު މިގޮތަށް ވައުދުވެ ވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަކަށް އާންމުކުރައްވާފަވާ މެނިފެސްޓޯގައެވެ. 

ރައީސް ސޯލިހުގެ މެނިފެސްޓޯގައި ޝަރުއީ ނިޒާމް ހަރުދަނާކުރެއްވުމަށް މުހިންމު ގިނަ ވައުދުތަކެއް ވެ ލައްވާފައިވެއެވެ.

"ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ސްޕީޗް ޓު ޓެކްސްޓް ޓޫލްސް، ރެފެރެންސިންގ ޓޫލްސް ފަދަ އެސިސްޓިވް ޓޫލްސް ބޭނުންކުރުމަށް އަރޓިފިޝަލް އިންޓެލިޖެންސް (AI) އަށް އިންވެސްޓްކުރާނެ،"

ހެޔޮވެރިކަމުގެ ވައުދުގެ ދަށުން "އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުން" މި ވައުދުގެ ދަށުން ވިދާޅުވެފައިވަނީ ޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ބޭނުންވާ ޖާގައާ ޒަމާނީ ވަސީލަތްތައް ގާއިމުކައްވާނެކަމަށެވެ. 

އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުމުގެ ބައެއް ވައުދުތައް:

  • ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލައިގެ ލިޔުންތަކާއި އިދާރީ ކަންކަން ފުރިހަމަކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ. އަދި، ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ މެދުގައި މުއާމަލާތްކުރުމާއި ލިޔެކިޔުން ބަދަލުކުރުމުގެ އިދާރީ އިންތިޒާމުތަކާއި، ޝަރީއަތުގެ އަޑުއެހުންތައް ރެކޯޑުކޮށް ރައްކާކުރުމުގެ ވަސީލަތްތަކާއި ކުށާއި ދަރަނީގެ ރެކޯޑު ބެލެހެއްޓޭ އިންތިޒާމުތައް މި ވިއުގައިގެ ތެރެއިން ގާއިމްކުރާނެ.

  • ފަނޑިޔާރުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ޖުޑީޝަލް އެކަޑެމީއަކީ، ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ ގާބިލުކަމާއި، މަސައްކަތުގެ ހުނަރު އަދާހަމަކޮށް ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގާ މަރުކަޒަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާނެ.

  • ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންނަކީ، އެމީހުންގެ ދިރިއުޅުމުގެ ހަރަދުބަރަދާއި، ޒަރޫރީ ކަންކަން ހަމަޖެއްސުންފަދަ ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވާންނުޖެހޭ ފުދުންތެރި ދިރިއުޅުމެއް އުޅޭ މުސްތަގިއްލު ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތްކުރާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ފަހިކޮށްދޭނެ.

  • ޝަރީއަތެއް ހިންގުމަކާ ނުލާ މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މަދަނީ އަދި އާއިލީ މައްސަލަތަކުގައި މީޑިއޭޝަން ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމާއި، މަދަނީ އަދި އާއިލީ މައްސަލަތައް ބަލާ ކޯޓުތަކުގައި މީޑިއޭޝަން ހިންގޭނެ މީޑިއޭޓަރުން ތަމްރީނުކޮށް، ކޯޓު އެނެކްސްޑް މީޑިއޭޝަންގެ ނިޒާމެއް ގާއިމުކުރާނެ.

  • ދަރަނިވެރިވުމަކީ ޖަލު ބަންދެއް އަންނަ ސަބަބަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޓަކައި، ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ބޭންކްރަޕްޓްސީ ޑިކްލެއަރ ކުރެވޭގޮތަށް ބޭންކްރަޕްޓްސީއާބެހޭ ގާނޫނެއް އެކުލަވައިލާނެ.

  • ޖިނާއީ ކުށްކުށުގައި އަނިޔާލިބޭ ފަރާތްތަކުގެ ބަހެއް ނުލިބުމުގެ ސަބަބުން، އެފަރާތްތަކަށް އިންސާފު ލިބިދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، އަނިޔާ ލިބޭފަރާތަށް ބަސް ބުނުމަށް ފުރުސަތުދިނުން ލާޒިމުވާގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރާނެ.

  • ޖަލަށްލައި އެކަހެރިކުރުމުގެ ބަދަލުގައި، ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދޭ އެހެނިހެން އަދަބުތައް ތަންފީޒުކޮށް ހިންގާނޭ އިދާރާއެއް ޤާއިމުކުރުމާއި، އެ އިދާރާގެ ދަށުން ވިލަރެސްކުރެވިގެން، ގޭ ބަންދު ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ނުވަތަ ކަނޑައަޅާ ރީހެބިލިޓޭޓިވް ޕްރޮގްރާމްތަކުގައި ބައިވެރިވުމުން އަދަބު ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، އެ އިދާރާގެ ބެލުމުގެ ދަށުން ޕެރޯލްގެ ނިޒާމު ހިންގާނެ.


50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް