ads
މީގެ ކުރިން އިންޑިޔާގެ ހިލޭ އެހީގެ ދަށުން ތިން ސްކޫލެއްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓް އެޅުން އިފްތިތާހު ކުރުމުގެ ތެރެއިން
އިންކްލޫސިވް އެޑިއުކޭޝަނަށް ހާއްސަ ސްކޮލަޝިޕްތަކެއް
ސަރުކާރުގެ ހަރަދުގައި އިންކްލޫސިވް އެޑިއުކޭޝަނަށް ހާއްސަ ސްކޮލަޝިޕްތަކަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން ބުނެފައިވަނީ މާސްޓާސް އޮފް އޯޓިޒަމްގެ ހަތަރު ފުރުސަތާއި މާސްޓާސް އޮފް އެޑިއުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީގެ ތިން ފުރުސަތަށް ކިޔެވުމަށް ހުޅުވާލީ އެމެރިކާގައިއެވެ.

މި ސްކޮލަޝިޕް ދިނުމުގެ މަގުސަދަކީ ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް އުނގަންނައިދޭ ޓީޗަރުން ތަމްރީނުކޮށް، ބިނާކުރުން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވެއެވެ.

ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ އެ ސްކޮލަޝިޕްގައި ކިޔަވައި ނިމިގެން ރާއްޖެ އައުމުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތައުލީމު ދިނުމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހަޔާ އެޑިޔުކޭޝަނުން ބުނެފައިވެއެވެ.

މި ސްކޮލާޝިޕަށް އެދި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:30 އަށް ފޯމް ހުށަހެޅޭނެ ކަމަށާއި ފޯމު ހުށަހަޅާނީ "މައި އެޑިޔު" ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ހަޔަރ އެޑިއުކޭޝަނުން ބުނެފައިވެއެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު، "ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން"ގެ ނަމުގައި އައު ޑިޕާޓްމެންޓެއް އުފައްދައި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމް އުގަންނައިދެއްވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް