ads
ޔާމީން ހައިކޯޓުގެ ޝަރީއަތުގައި
ހިޔާނާތުގެ ފައިސާގެ އަސްލު ޔާމީން އޮޅުވާލައްވަން އުޅުއްވި
އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ހިޔާނާތުގެ ފައިސާގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ގޮތުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން ބުނެފިއެވެ.
Advertisement

އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ހިޔާނާތުގެ ފައިސާގެ މައްސަލާގައި ރައީސް ޔާމީން އަމަލު ކުރެއްވި ގޮތުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން ބުނީ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑު އެހުމުގައި މިއަދު ހައިކޯޓުގައި ވާހަކަ ދައްކަމުންނެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ މި ދެ މައްސަލައިގައި ޔާމީންގެ މައްޗަށް ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހު އިއްވާފައިވާއިރު، ޔާމީނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

މި މައްސަލައިގައި ގިނަ އަޑު އެހުންތަކެއް މިހާތަނަށް ހައިކޯޓުގައި ބޭއްވިފައިވާއިރު، މައްސަލައިގެ އަޑު އެހުންތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. މިއަދުވެސް ހަތަރު ގަޑިއިރަށްވުރެ ގިނަ އިރަށް އަޑު އެހުންތައް ބޭއްވުނުއިރު، އަންނަ ހަފްތާގައި އިތުރު އަޑު އެހުމެއް ބާއްވަން ހައިކޯޓުންވަނީ ތާވަލުކޮށްފައެވެ. ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާއެއް އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ދައުރު ކުރިޔަސް، މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ ކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ.

ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިވަޑައިގަތްއިރު އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ދައުލަތުން ސާބިތުކޮށް ދޭންޖެހެ އެވެ. އަދި ލިބިވަޑައިގަތް ފައިސާ ޔާމީން ބެހެއްޓެވީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްގައި ކަމަށްވާތީ އެއީ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވާ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުން ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.

މި މައްސަލައިގައި ޔާމީން ވިދާޅުވީ އަމިއްލަ އެކައުންޓްތަކުގެ ތެރޭގައި ފައިސާ ދައުރު ކުރާކުރުން މަނީ ލޯންޑްރިންގެ ކުށަކަށް ވާނީ އެކަމުގައި ގާނޫނީ ހިލާފު އެހެން ކަންތައްތަކެއް ހިމެނޭ ނަމަ ކަމަށެވެ. އަދި ވިދާޅުވީ ބަހުސްގެ ބޭނުމަށް ވެސް، ދައުލަތުން ފާހަގަކުރާ ގޮތަށް ހިނގައި ގޮސްފި ނަމަ ރާއްޖޭގެ ބޭންކިން ނިޒާމަށް އެ ކަން ދަނެގަނެވޭނެ ކަމަށެވެ.

50%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް