އެމްޑީއޭއިން މި ނިންމުން ނިންމީ މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަކަށް ފަހު އެވެ.
އެ ބައްދަލު ވުމަކީ ދެ ވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީން ނިންމީ ދެ ވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދު ކުރަން ނުފެންނަ ކަމަށެވެ. ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ރައީސް ސޯލިހު ބޭއްވި ކެމްޕެއިން އެއްވެސް ޖަލްސާއެއްގައި އެމްޑީއޭގެ ރައީސް ޝިޔާމް ބައިވެރިވެވަޑައި ނުގަންނަވަ އެވެ.
ފުރަތަމަ ބުރަށް ފަހު ކެމްޕޭން ހަރަކާތްތަކުގައި ޝިޔާމް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އެ ޕާޓީގެ ނައިބް ރައީސް މައުރޫފް ބައިވެރިވެވަޑައިގެން ޖަލްސާތަކުގައި ދިޔައީ ވާހަކަ ދައްކަވާ ހައްދަވަމުންނެވެ. އަދި ޝިޔާމް ހުންނެވީ ރައީސް ސޯލިހާ އެކު ކަމުގައި މައުރޫފް ވިދާޅުވަމުން ދިޔަ އެވެ.
މިހާރު އެމްޑީޕީ ސަރުކާރު ކޯލިޝަނުގަ އޮތީ އަދާލަތު ޕާޓީ އެކަންޏެވެ.
ރިޔާސީ އިންތިހާބަށް ތިން ދުވަހަށްވެފައިވަނިކޮށް އެމްޑީއޭއިން މުއިއްޒަށް ތާއިދު ކުރަން ނިންމި އިރު ޕީއެންސީ އާ އެކު މިހާރު ކޮލިޝަން ހަދާފައިވަނީ ރިޔާސީ އިންތިހާބުގައި ހަ ވަނަ އަށް ދިޔަ އެމްއެންޕީ އެވެ. އެ ޕާޓީ އާ އެކު ސޮއި އެޅި ނަމަވެސް ސޮއި އެޅި ކަރުދާސް ވަނީ ސިއްރު އެއްޗަކަށް ހަދާފަ އެވެ.
ކަންކަން ސިއްރު ކުރާ ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން އަންނަ އިދިކޮޅު ކޮލިޝަނުން އެމްއެންޕީ އާ އެކު ސޮއި އެޅި އެއްބަސްވުން ސިއްރު ކުރާ މައްސަލާގައި ކެންޑިޑޭޓް މުއިއްޒު ވިދާޅުވީ އޭނާގެ ބާރެއް އޮތް ނަމަ އެއްބަސްވުން އާއްމު ކުރާނެ ކަމަށެވެ.