ސޮސެއިޑާޑުން މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި އެޓީމަށް ޖަހައިދިނީ ކާލޯސް ފެނާންޑޭޒްއެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އޭނާ މިލަނޑު ޖެހީ ޓިއާނީގެ އެހީތެރިކަމާއެކުއެވެ.
ފައުލު ގިނަކޮށް ފެނުނު މި މެޗުގައި ޖުމްލަ 12 ކާޑު ދައްކާފައިވެއެވެ. ފުރަތަމަ ހާފުގައި ވެލެންސިއާގެ ސެލީމް އަމާލާއަށް ވަނީ ދެރީންދޫ ކާޑު ހަމަވެގެން ރަތް ކާޑެއްވެސް ދައްކާފައެވެ.
ސޮސެއިޑާޑުން ތާވަލުގެ ފަސްވަނައަށް ޖެހިލީ މި މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ 12 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ އަށްވަނާގައެވެ. ޖުމްލަ 19 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ ޖިރޯނާއެވެ.