ads
ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ފަޅާލާފައި: ފޮށިން ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު
ވާދޫގައި ފަޅާލި ފޮށީގެ ނަތީޖާ އިއުލާން ކޮށްފި
ރިޔާސީ އިންތިހާބު ކުރިއަށް ދަނިކޮށް ގދ. ވާދޫގައި ފަޅާލި ވޯޓު ފޮށީގެ ނަތީޖާ އިއުލާނުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު އެ ހާދިސާ ހިނގާފައިވަނީ ވާދޫގައި ވޯޓުލުން ބަންދުކޮށްފައިވަނިކޮށެވެ. ވޯޓު ފޮށި ފަޅައިގެން ދިއުމަށް މެދުވެރިވި ގޮތެއް ކަމަށް ރިޕޯޓްކޮށްފައިވަނީ މީހަކަށް އައިޑީ ކާޑު ނުލިބުނު ކަމަށް ބުނެ ވޯޓުލާ މަރުކަޒުތެރެއަށް ވަދެ، ވޯޓު ފޮށި ނަގައި ވަރަށް ބާރަށް ތަޅުންގަނޑު މައްޗަށް ޖަހައިގެންނެވެ. ވޯޓު ފޮށި ފަޅައިގެން ދިއުމާ އެކު، ފޮށީގައި ހުރި ބައެއް ވޯޓު ކަރުދާސްތައް ތަޅުންގަނޑު މައްޗަށް ވެއްޓުނު ކަމަށްވެއެވެ.

ވޯޓު ފޮށި ފަޅާލުމާ ގުޅިގެން ފުލުހުން ވަނީ ވޯޓު މަރުކަޒު ބަންދުކޮށް، އެތަން ރައްކާތެރިކޮށްފައެވެ. އެ މައްސަލަ ރިޕޯޓު ކުރުމުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ފޮށީގެ ނަތީޖާ އިއުލާނުކޮށްފައިވާއިރު، 312 ވޯޓާ އެކު ކުރި ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 141 ވޯޓެވެ. އެ ފޮށްޓަށް 13 ބާތިލު ވޯޓުލާފައިވެއެވެ.

55%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް