ads
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ދިޔަރެސްގެ ނޫސްވެރިޔާ އަޒާންއާއި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރިޔާސީ އިންތިހާބާއި ދިމާކޮށް ރާއްޖޭގެ ނޫހަކުން ދޮގު މައުލޫމާތު ފެތުރި: އީޔޫ
ނިމިގެން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ސޯޝަލް މީޑިއާގަ އާއި އޮންލައިން ނޫހެއްގައި ދޮގު މައުލޫމާތު ފަތުރާވާފައިވާކަމަށް އިންތިހާބު އޮބްޒާވް ކުރި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންއިން ބުނެފި އެވެ.
Advertisement

އީޔޫގެ އޮބްޒަވޭޝަން މިޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފް ވާހަކަތައް ވަރަށް ބޮޑަށް ފަތުރާފައިވާ ކަމަށެވެ. 

"ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އީޔޫއިން ބުނީ ޓްވިޓާ އަދި ފޭސްބުކްގައި ވަރަށް ގިނަ އެކައުންޓްތަކުން ދޮގު މައުލޫމާތު ފެތުރުމުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއްކަމަށްވާ 'ދިޔަރެސް' ނޫހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަމަށްވެސް އީޔޫއިން ބުނެފައިވެ އެވެ. 

މީގެ އިތުރުން އީޔޫއިން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ ވަރަށް ގިނަ ހަގީގަތާއި ހިލާފް ވާހަކަތަކެއް ފަތުރާފައިވާކަމަށްވެސް ބުނެފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ ފަތުރާފައިވާ ދޮގު ހަބަރުތަކާއި އެކު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލަށް ނެގޭ ވޯޓެއްގެ ގޮތުގައި ސިފަކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. 

"ސިޔާސީ ޕާޓީތަކާ ގުޅިފައިވާ އިންފްލުއެންސަރުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރައި، ދެ ވަނަ ބުރުގެ ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާ މެދު ނެގޭ ވޯޓެއް ކަމަށް ސިފަ ކުރި،" އީޔޫގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމަށް އިދިކޮޅުން ކުރަމުން އައި ތުހުމަތުތައް ސަރުކާރުން އަންނަނީ އަބަދުވެސް ދޮގު ކުރަމުންނެވެ. 

41%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
45%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް