ads
އެމްޑީޕީން ބޭއްވި ކޮންގްރެސްގެ ތެރެއިން: ޑިމޮކްރެޓްސް އާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައި - ފޮޓޯ:ފަޔާޒް މޫސާ
ޑިމޮކްރެޓްސް އާއެކު އެއްވެސް އެއްބަސްވުމެއް ނޯންނާނެ: ފައްޔާޒް
އެމްޑީޕީން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް އެއްބަސްވުމެއް ޑިމޮކްރެޓްސް އާއެކު ހަދާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވިދާޅުވީ ނިޒާމީ ވޯޓަށް އެމްޑީޕީން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ދަ ޑިމޮކްރެޓްސްއަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑިމޮކްރެޓްސް ކައިރިން އެދިފައި އޮތީ އެ ޕާޓީން ވަކި ބަޔަކަށް ތާއީދު ނުކޮށް ތިބެއްޖެ ނަމަ، އެމްޑީޕީން ފެންނަ ނުފެންނަ ވޯޓަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް،" - ރައީސް ނަޝީދު

ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީޕީން ޑިމޮކްރެޓްސް އާއެކު އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ. ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށާއި އެމަނިކުފާނު އެފަދައިން ވިދާޅުވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީންވެސް ބުނެފައިވާ ގޮތުގައި ‏ދި ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމުގައެވެ. އެ ހުށަހެޅުމަށް އެ ޕާޓީން ގަބޫލުކުރެވެން ނެތް ކަމަށް ޑިމޮކްރެޓްސްއަށް ވާނީ އަންގާފައި ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ އޭގެ އިތުރުން އެއްވެސް ކަމަކަށް އެ ޕާޓީ އާ ދި ޑިމޮކްރެޓްސް އާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ދަ ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެ ޕާޓީ އާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން ޑިމޮކްރެޓްސްއިން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް އެމްޑީޕީން ބުނެެެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ އެމްޑީޕީން ވަކިވި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ އެމްޑީޕީއަށް މިހާރު އިތުބާރު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް