ads
އެމްއެންޔޫ ބިޒްނަސް ސްކޫލާއި ސީއެފްއެސް ވާދަކުރި މެޗުގެ ތެރެއިން، ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ: އަންހެން ޑިވިޝަންގެ ސެމީ ކުޅޭ ޓީމުތައް ކަށަވަރުވެއްޖެ
ޔުނިވާސިޓީ/ކޮލެޖުތަކަށް އަމާޒުކޮށްގެން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ސެމީއަށް ދަތުރުކުރީ ޓީމުތައް ޔަގީންވެއްޖެއެވެ.
Advertisement

އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ކުޅުނުއިރު، ފުރަތަމަ ކުއާޓާ ފައިނަލުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން އެމްއެންޔޫ ބިޒްނަސް ސްކޫލާއި ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޓީމެވެ. މިއީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރި ދެޓީމެވެ. މި މެޗު ބިޒްނަސް ސްކޫލް ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. 

މެޗުގެ މޮޅު ކުޅުންތެރިއަކީ ބިޒްނަސް ސްކޫލުގެ ފިރުޝާނާ ނަސީރެވެ. އޭނާ ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައެވެ. 

ދެވަނަ ކުއާޓާ ފައިނަލުގައި ވިލާ ކޮލެޖުން ވަނީ 5-0 ން އެމްއައި ކޮލެޖުގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލާ ކޮލެޖުގެ އީމާންއެވެ. 

ތިންވަނަ ކުއާޓާގައި ބައްދަލުކުރީ ކްލިކް ކޮލެޖާއި އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގެ ޓީމެވެ. މި މެޗު ފަސޭހަކަމާއެކު 6-0 ން ކާމިޔާބުކުރީ ކްލިކް ކޮލެޖުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަންވެސް ކޮށްފައިވާ މިރުފަތެވެ. މިފަހަރުގެ މުބާރާތަށް ކްލިކް ކޮލެޖުން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ.

your imageކްލިކް ކޮލެޖާއި އެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ

ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރީ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި ފެކަލްޓީ އޮފް ހެލްތު ސައިންސެވެ. މި މެޗު ހެލްތު ސައިންސް ޓީމުން ކާމިޔާބުކުރީ 1-0 ންނެވެ. މޮޅު ކުޅުންތެރިއަކީ ހެލްތު ސައިންސްގެ ޝަފާނާއެވެ. 

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ މާދަމާރޭއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއެންޔޫ ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް ހެލްތު ސައިންސެވެ. ދެވަނަ މެޗުގައި ކްލިކް ކޮލެޖު ވާދަކުރާނީ ވިލާ ކޮލެޖާއެވެ. 

ފިރިހެން ޑިވިޝަނުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މިރޭއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް