ads
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު ނަރީޝް: ސިޓީ ކައުންސިލުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައި - ފޮޓޯ:މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ރަސްމީކޮށް ހަވާލުކޮށްފި
މާލޭ ސިޓީ ކައުންސިލުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުގެ ޒިންމާތައް ނަރީޝް އާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލުގައި ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 119 ވަނަ އާންމު ޖަލްސާގައެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 17 ދުވަހާ ހަމައަށް ހުންނަވާނީ މަގާމުގައި ކަމަށާއި ގާނޫނީ ގޮތުން އެކަން އެގޮތަށް ކުރަން ޖެހޭތީ އެކަން ހިނގާނީ އެމަގުން ކަމަށެވެ. އެހެންނަމަވެސް ގާނޫނީ ބޭފުޅުންނާއި އެލްޖީއޭ އާ އެއްކޮށް މަޝްވަރާ ކުރިއިރު، ޑެޕިއުޓީ މޭޔަރާ މަސައްކަތް ހަވާލު ކުރުމަކީ މައްސަލައެއް އޮތް ކަމަކަށް ނުވާތީ އެ ޒިންމާ ނަރީޝް އާ ހަވާލު ކުރީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކީ. ޓްރާންސިޝަން ޕީރިއަޑްގައި ޓްރާންސިޝަނަށް ވަގުތު ދޭން ބޭނުން. 17 ވަނަ ދުވަހަށް ތައްޔާރުވުމަށް އަޅުގަނޑު ވަގުތު ބޭނުންވޭ،" - މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވެފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވާއިރަށް ހަދަން ޖެހޭ ޕްލޭންތައް އެބަހުރި ކަމަށެވެ. އެގޮތުން އެ މަސައްކަތަށް ވަގުތު ހުސްކުރަން ޖެހުމުން ކައުންސިލުގެ ވަގުތުތަކަށް ބުރޫއަރާނެ ފަދަ އެއްވެސް ގޮތެއް ބޭނުން ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކުރެއްވުމަށް ނިންމެވީ މާލޭ ސިޓީގެ ރައްޔިތުންނަށް ވަގުތު ނުދެއްވޭ ކަމަށްވާ ނަމަ އެއީ އެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާތީ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް