އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރާނީ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށެވެ. އަދި އެ ޔަގީންކަން މުއިއްޒުއަށް އަރުވާފަ ވާނެކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގަ އެމްޑީޕީން މެޖޯރިޓީ ހޯދުނު މަދު އަތޮޅުތަކުގެ ތެރޭގަ އައްޑޫ ހިމެނެއެވެ. އައްޑޫ ސިޓީގެ ތިން ރަށަކުން ފުލް މެޖޯރިޓީ އެމްޑީޕީން ހޯދިއެވެ. އަދި އައްޑޫ ސިޓީކައުންސިލްގެ ތާރީހައް ބަލާލިއަށް އެ ކައުންސިލްގަ އެމްޑީޕީ މެޖޯރިޓީ އަބަދުވެސް އޮވެއެވެ.
އިންތިހާބުވެ ވަޑައިގެންފަހުން މުއިއްޒު އައްޑޫސިޓީއާ ގުޅޭގޮތުން އަދި ވާހަކައެއް ނުދައްކަވައެވެ. އެހެން ނަމަވެސް އައްޑޫ ސިޓީގަ ގިނަ ވަޒީފާތަކެއް އުފައްދަވައި، ފަތުރުވެރިކަމުގެ އެނގު އިތުރުކުރުމަށް ޑރ. މުއިއްޒު ވަނީ ވައުދުވެލައްވާފައެވެ.