ads
ބީއެސް އާއި މެޕްސް ވާދަކުރި މެޗުގެ ތެރެއިން ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ
އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދެޓީމުވެސް ފައިނަލަށް
ކޮލެޖު/ޔުނިވާސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލަށް އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ދެޓީމުވެސް ދަތުރުކޮށްފިއެވެ.
Advertisement

މުބާރާތުގެ އަންހެން ޑިވިޝަނުގެސެމީ ފައިނަލުގައި އެމްއެންޔޫ ބީއެސްގެ ޓީމުން ވާދަކުރީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސާއެވެ. މި މެޗު ބީއެސް ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބީއެސް ޓީމުގެ ފިރުޝާނާ ނަސީރެވެ. 

އަންހެން ޑިވިޝަނުގެ ދެވަނަ ސެމީ ފައިނަލުގައި ކްލިކް ކޮލެޖުން ވަނީ ވިލާ ކޮލެޖުގެ މައްޗަށް 2-1 ން ކުރިހޯދާފައެވެ. މި މެޗު ކްލިކް ކޮލެޖުން ކާމިޔާބުކުރީ ވިލާ ކޮލެޖުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލިކް ކޮލެޖުގެ މަރިޔަމް މިރުފަތެވެ. 

your imageބީއެސް އާއި އެފްއެޗްއެސް ބައްދަލުކުރި މެޗުގެ ތެރެއިން ފޮޓޯ: އެމްއެންޔޫއެސްޔޫ މީޑިއާ

ފިރިހެން ޑިވިޝަނުގެ ފުރަތަމަ ފައިނަލުގައި ވާދަކުރީ ޕޮލިޓެކްނިކާއި އެމްއައި ކޮލެޖެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެމްއައި ކޮލެޖުން ލަނޑެއް ޖަހާފައިވަނިކޮށް ޕޮލިޓެކްނިކުން ވަނީ ދެވަނަ ހާފުގައި ދެލަނޑުޖަހާ މެޗު ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިޓެކްނިކްގެ ކެޕްޓަން ހުސައިން މައިޝަންއެވެ. 

ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ވާދަކުރި ދެޓީމެވެ. އެމްއެންޔޫ ބީއެސް އާއި މެޕްސް ކޮލެޖު ބައްދަލުކުރި މި މެޗު ބީއެސް ޓީމުން ކާމިޔާބުކުރީ 5-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މެޗުގައި ހެޓްރިކް ހެދި ބީއެސް ޓީމުގެ މުހައްމަދު ނާބިތު ހުސައިންއެވެ. 

މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހުގެރޭއެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާނީ ބީއެސް އާއި ކްލިކް ކޮލެޖެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިޓެކްނިކް ނުކުންނާނީ ބީއެސް ޓީމާއި ދެކޮޅަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް