ads
ރައީސް ޔާމިން
އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ޔާމީން ކޯޓަށް
ރިޔާސީ އިންތިހާބު ނިމުނު ފަހުން ފުރަތަމަ ފަހަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ކޯޓަށް ހާޒިރުވާނެއެވެ.

މާދަމާ ޔާމީން ހާޒިރުވާނީ ހައިކޯޓަށެވެ. އެއީ އެ މަނިކުފާނު މިހާރު ތަންފީޒު ކުރަމުންދާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑު އެހުމަށެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނިމުމާއެކު، ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް ޔާމީންވަނީ ގެއަށް ބަދަލުކޮށްފައެވެ. މާދަމާގެ އަޑު އެހުމަކީ ޔާމީން ގެއަށް ބަދަލުކުރި ފަހުން ބާއްވާ ފުރަތަމަ އަޑު އެހުމެވެ.

މާދަމާގެ އަޑު އެހުން ކުރިން ބާއްވަން މަސައްކަތް ކުރީ މިދިޔަ ހަފްތާގައެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބާ ގުޅިގެން މިދިޔަ ހަފްތާގައި ޔާމީންގެ މައްސަލަ ތާވަލުކޮށްފައި އޮތް ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވުމުން، އެ ދުވަހުގެ އަޑު އެހުން ކެންސަލްވީއެވެ.

ދެ މައްސަލައެއްގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވާތީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެއްވެސް ޝަރުތަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދިއުމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް