އާ ގުރޫޕެއް އިތުރުކޮށް ޓެރަރިސްޓް ޖަމައާތްތަކުގެ ލިސްޓު އާންމުކޮށްފި
ނަސްރުﷲ މުހައްމަދު ރަޝީދު
09 އޮކްޓޯބަރ 2023 - 22:12:38
ރާއްޖެއިން ޓެރަރިސްޓު ޖަމާއައްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއައްތަކާއި، ހަނގުރާމަވެރި ސަރަހައްދު ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ތަކުގެ ލިސްޓަށް އިތުރު ގުރޫޕެއް އިތުރުކޮށް އާއްމު ކޮށްފި އެވެ.
މިއަދު އާންމުކުރި ލިސްޓުގައި ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
އަދި އިންޑޮނޭޝިއާގެ ޖަމާއަތެއް ކަމަށްވާ ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ) އެވެ. އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި އދ އިންވެސް ވަނީ ކަނޑައަޅާފަ އެވެ.
ލިސްޓުގައި ފާހަގަކޮށްފައިވާ ޓެރަރިސްޓު ޖަމާއަތްތައް:
- ސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / އައި.އެސް.އައި.އެލް / އައި.އެސް.އައި / ޑީ.އޭ.އައި.އެސް.އެޗް)
- އަލްގައިދާ
- ޖަބްހަތު އަލް-ނުސްރާ
- ލަޝްކަރޭ ތައިބާ
- އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
- އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް / ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
- ހަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުހައްމަދު
- އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
- ނެޝަނަލް ތައުހީދު ޖަމާއަތް
- ޖަމާއަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީން އަލް ޝާމް
- ހުއްރާސް އައް ދިން
- އަންޝާރުއް ދައުލާ (ޖޭއޭޑީ)
މި ލިސްޓު އެންމެ ފަހުން އާއްމު ކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.
އާންމުކުރި ލިސްޓުގައި ވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައިވާ ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭގޮތަށް މުރާޖައާކޮށްފަ އެވެ.
13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް